ޚަބަރު

ލޮކްޑައުން އުވާލިޔަސް، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިތުރުކުރަން ޖެހިދާނެ: އަމީން

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19 ކޮންޓްރޯލް ކުރުމުގެ ގޮތުން ގްރޭޓާ މާލެ ސަރަހައްދު އިއުލާން ކޮށްފައިވާ ލޮކްޑައުން އުވާލިޔަސް، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ އިތުރު ކުރަން ޖެހިދާނެ ކަމުގެ އިޝާރާތެއް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ދެއްވައިފި އެވެ.

Ads by Sosun Fihaara

ހެލްތް މިނިސްޓަރަށް ލިބިގެންވާ ބާރުގެ ދަށުން ރާއްޖޭގައި އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު ހަމަވާނީ މި މަހުގެ 31 ށެވެ. ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރް އަށް ލިބިގެންވާ ބާރުގެ ދަށުން މާލޭ ސަރަަހައްދުގައި އިއުލާންކޮށްފައިވާ ލޮކްޑައުން އަށް ދޫދޭން ނިންމާފައިވާ ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފަ އެވެ.

އެކަމާއި ގުޅިގެން ރާއްޖެ ޓީވީގެ ''ކޮވިޑް-19'' ކަވަރޭޖަށް ދެއްވި އިންޓަވިއުއެއްގައި ހެލްތް މިނިސްޓަރު ވިދާޅުވީ، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މައިގަނޑު ބޭނުމަކީ އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ލޮކްޑައުން ކުރުމާއި، ކަރަންޓީނު ކުރުމުގެ އިތުރުން އައިސޮލޭޓް ކުރުމަށް ހާއްސަ ގާނޫނީ ބާރުތަކެއް ހޯދުން ކަމަށެވެ. އަދި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ދެމިއޮތުމަކީ ފަސޭހައިން ފަރުވާގެ ކަންކަން އިންތިޒާމް ކުރުމާއި، ކަރަންޓީނުގެ ކަންތައް އިންތިޒާމް ކުރުމުގެ އިތުރުން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) މެދުވެރިވެގެން އާއްމު ސިއްހަތު ރައްކާތެރި ކުރުމަށްޓަކައި ކުރަން ޖެހޭ ކަންތައްތަކަށް މަގުފަހިވެގެން ދާނެ ކަމަކަށްވާއިރު، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިތުރު ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑަށް ގަބޫލްކުރެވޭ ގޮތުގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިތުރުކުރުމަކީ އެންމެ އެކަށީގެންވާ ކަމެއް. އެހެން ނަމަވެސް އަދި ކަނޑައެޅިގެން ނިންމީކީ ނޫން." އަމީން ވިދާޅުވިއެވެ.

އަމީން ވިދާޅުވީ، ނިންމާ ނިންމުންތައް ރިޔާއަތް ކުރަނީ ރާއްޖޭގެ ހާލަތަށް އަންނަ ބަދަލުތަކަށް ބެލުމަށް ފަހު އެކަމާއި ބެހޭ ފަރާތްތަކާއި އެކު މަޝްވަރާ ކޮށްގެން ކަމަށެވެ.

ރާއްޖެއިން ކޮވިޑް-19 ގެ ކޭސްތަކެއް ފެނުމާއި ގުޅިގެން މާލެ ސަރަހައްދުގައި އިއުލާންކޮށްފައިވާ ލޮކްޑައުން 28 ގައި އުވާލާއިރު، އުވާލާނީ ފިޔަވަހިތަކަކަށް ބަހާލައިގެން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ބުދަ ދުވަހުގެރޭ ގައުމާ މުހާތަބު ކުރައްވަމުން ވިދާޅުވެފަ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!