ޚަބަރު

ރައީސް ޔާމީންގެ އުފަންދުވަސް: މީސްމީޑިޔާއާ ދުރު ބޭފުޅެއްގެ ވާހަކައިން މުޅި މީސްމީޑިޔާ ފުރާލައިފި

ދެން އެމްވީ ، ދެން އޮންލައިން

މިއަދު މީސްމީޑިޔާގައި ދެކެވެމުން މިއަންނަނީ، މީސްމީޑިޔާއާ ދުރު ބޭފުޅެއްގެ ވާަހަކައެވެ. މީސްމީޑީޔާތަކުގައި، ކުރީގެ ރައީސް ޔާމީން އަބްދުލް ޤައްޔޫމަށް އެމަނިކުފާނުގެ 61 ވަނަ އުފަންދުވަހުގެ ހެޔޮ އެދުންތައް ގިނަ ބަޔަކު އަރިސްކުރަމުން އަންނައިރު، އެކަނިކުފާނުގެ ތަފާތު އެތައް ވާހަކައެއް މިއަދު އަޑުއިވިގެން އެބަދެއެވެ. އެގޮތުން އެމަނިކުފާނުކޮށްދެއްވާފައިހުރި ގިނަ ޚިދުމަތްތަކުގެ ވާޙަކައާއި ދިރިއުޅުއްވުމުގައި ގެންގުޅުއްވާ ތަފާތު ކަމުގެ ވާހަކަ މިއަދު އެބަދެކެވެ.

Ads by Sosun Fihaara

މިގޮތުން، ކުރީގެ ރައީސް އަބްދުﷲ ޔާމީން މަސައްކަތްޕުޅު ކުރެއްވުމުގައި ގެންގުޅުއްވާ އުސޫލުތަކާއި، ހަމަތައް، އަދި ނިންމެވުންތައް ނިންމަވާގޮތް އެމަނިކުފާނުގެ ވެރިކަމުގައި މުލީއާގޭގެ ޗީފް އޮފް ސްޓާފްގެ ގޮތުގައި ހުންނެވި އަހްމަދު މުސްތަފާ މިއަދު ފޭސްބުކްގައ ކުރެއްވި ޕޯސްޓެއްގައިވަނީ ހިއްސާ ކުރައްވާފައެވެ.

ރައީސް ޔާމީންގެ އަތުލިޔުމުން، "ވެރީ ނައިސް، ޕްލީސް ގޯ އެހެޑް" މިހެން ލިޔެފައިވާ ލިޔުމެއް އާއްމު ކުރައްވާ މިއަދު ކުރި ޕޯސްޓެއްގައި މުސްތަފާ ވިދާޅުވި ގޮތުގައި އޭނާ 20 އަހަރަށް ވުރެ ގިނަ ދުވަހު ރައީސް ޔާމީނާއި އެކު މަސައްކަތް ކުރައްވާފައިވާ ކަމަށެވެ.

"އަޅުގަނޑު ދުވަހަކު ވެސް ނުދެކެން ބައްދަލުވުންތަކުގައި ރައީސް ޔާމީން އެއްވެސް އެއްޗެއް ނޯޓް ކުރައްވާތަނެއް. އެމަނިކުފާނުގެ މޭޒުކޮޅު މަތިން ކަރުދާހެއް، އަދި ކޮމްޕިއުޓަރެއް ނުވަތަ ލެޕްޓޮޕެއް ވެސް ނުދެކެން." މުސްތަފާ ވިދާޅުވިއެވެ

After seeing Ibu, In front of a screen and a messy table, every night, I couldn’t help but wonder!

I have worked with...

Posted by Ahmed Musthafa on Tuesday, May 19, 2020

މުސްތަފާ ވިދާޅުވީ ރައީސް ޔާމީނަކީ ރަސްމީ ކަމެއްގައި ވެސް އަދި ނުރަސްމީ ކަމެއްގައި ވެސް އީމެއިލް ބޭނުން ކުރައްވާ ބޭފުޅެއް ނޫނެވެ. މީގެ އިތުރުން އެމަނިކުފާނު މީސް މީޑިއާގެ އެކައުންޓެއް ވެސް ބޭނުން ނުކުރައްވާ ކަމަށް މުސްތަފާ ވިދާޅުވިއެވެ.

"ނަމަވެސް ހުރިހާ ކަމެއްގެ އެންމެ ފަހުގެ މައުލޫމާތު އެމަނިކުފާނު ހޯއްދަވައެވެ. މީހަކާއި ހަވާލުކޮށްފައި އޮތް މަސައްކަތެއް ގޮސްފައި އޮތް ހިސާބެއް ގުޅުއްވާފައި އައްސަވާނެއެވެ. ކޮންމެ ދުވަހަކު އެމަނިކުފާނު ނިންމަވަން ޖެހޭ ހުރިހާ ނިންމެވުމެއް 01:50 ވުމުގެ ކުރިން ނިންމަވާނެއެވެ." . މުސްތަފާ ވިދާޅުވީ ރައީސް ޔާމީނަށް ގިނަ ކަންކަން ހާސިލް ކުރެވުނީ އެމަނިކުފާނު ގެންގުޅުއްވާ އުސޫލުތަކުގެ ސަބަބުން ކަމަށެވެ. "މުވައްޒަފުން އެމަނިކުފާނުގެ މޭޒުކޮޅު މައްޗަށް ގެންދަވާ ލިޔުއްވުންތައް ބައްލަވާ ވަގުތުން ނަންގަވަން ޖެހޭ ޑިޒިޝަން ނަންގަވާނެ ލިޔުންތައް އެމަނިކުފާނުގެ އަތްޕުޅަށް އެރުވުމުން ރަތް ގަލަމަކުން އެމަނިކުފާނުގެ ޚިޔާލުފުޅު އެކަރުދާހެއްގައި ލިޔުއްވައި މިކަންކަން ރައީސް ޔާމީންގެ ވަޒީރުންނަށާއި، އެމަނިކުފާނުގެ ސެކެޓްރީންނަށް އެނގިވަޑައިގަންނަވާނެ" މުސްތަފާ ވިދާޅުވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!