ރެސިޕީ: ކިޓްކެޓް ބްރައުނީސް
ބޭނުންވާ ތަކެތި:
3 ބިސް
1 ½ ޖޯޑު ހަކުރު
½ ޖޯޑު ބްރައުން ޝުގަރ
150ގ ބަޓަރު (ދިޔާކޮށްފައި)
¾ 1 ޖޯޑު ފުށް
1 ޖޯޑު ނުފުރޭ ވަރަށް ކޮކޯ ޕައުޑަރު
150ގ ޑާރކް ޗޮކްލެޓް (ދިޔާކޮށްފައި)
150ގ ޕެކެޓް ކިރު
8 ކިޓްކެޓް ޗޮކްލެޓް (2 ޗޮކްލެޓް ފުނޑު ކޮށްފައި)
ތައްޔާރުކުރާނެ ގޮތް:
ފަށައިގަތުމުގެ ކުރިން ފުރަތަމަ އަވަން 180 ޑިގްރީ ސެލްސިއަސްގައި ހޫނުކުރަން ޖައްސާށެވެ.
ތައްޓެއްގައި ބިސް އަދި ހަކުރު ރަނގަޅަށް އެއްވަންދެން ގިރާށެވެ. އަދި މީގެ ތެރެއަށް ދިޔާކޮށްފައި ހުރި ބަޓަރު އަޅާފައި އަނެއްކާވެސް ގިރާލާށެވެ. އެއަށްފަހު މި މިކުސް ގެ ތެރެއަށް ފުށާއި ކޮކޯ ޕައުޑަރު އަޅައި ރަނގަޅަށް އެއްކޮށްލާށެވެ. އަދި ދިޔާކޮށްފައި ހުރި ޑާރކް ޗޮކްލެޓް އަދި ކިރު އަޅާފައި އޮލަވަންދެން ރަނގަޅަށް ގިރާށެވެ.
ޓްރޭއެއްގައި ބަޓަރު ނުވަތަ ތެޔޮ ކޮޅެއް ހާކާލުމަށްފަހު ކުރިން ގިރި މިކުސްގެ ދެބައިކުޅަ އެއްބައި ޓްރޭގެ ތެރެއަށް އަޅާލާށެވެ.
އެއަށްފަހު ފުޑު ނުކޮށްހުރި ކިޓްކެޓް ޗޮކްލެޓްތައް މި މިކްސްގެ މަތީގައި އަތުރާލުމަށްފަހު ބާކީ ހުރި މިކްސްތައް މި ކިޓްކެޓް ތަކުގެ މައްޗަށް އަޅައި ދޭފަތަކުން މަތި އޮމާން ކޮށްލާށެވެ. އަދި އޭގެ މައްޗަށް ފުނޑުކުރި ކިޓްކެޓްތައް އަޅާލުމަށްފަހު އަވަންގައި 40 މިނެޓްވަންދެން ފިިހެލާށެވެ.
ފިހެވިފަތޯ ބެލުމަށް މެދަށް އިލޮށްޓެއް ކޮއްޕާލުމުން އެހާ ބޮޑަށް އިލޮށީގައި ނުހޭކޭނަމަ އެހެރީ ފިހެވިފައެވެ.
ހިހޫކުރުމަށްފަހު ކަފާލައިގެން ކާލަން އެހެރީ ތައްޔާރުވެފައެވެ. އިހްތިޔާރުކުރާ ވައްތަރެއްގެ އައިސްކްރިމް އަކާއެކު ކާލަން އަދި ވަރަށް މީރުވާނެއެވެ.