ޚަބަރު

ޗައިނާ އިން 500 މިލިއަން ޑޮލަރުގެ ލޯނު ނަގަން އެމްޑީޕީ މެމްބަރަކު ގޮވާލައިފި

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19 އާ ހީނަރުވެފައިވާ ރާއްޖޭގެ އިގްތިސާދު އިޔާދަ ކުރުމަށް ޗައިނާ އިން 500 މިލީއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ)ގެ ލޯނެއް ނެގުމަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފު ގޮވާލައްވައިފި އެވެ.

Ads by MWSC

ޝަރީފު ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖޭގެ އިގްތިސާދު ނަގާ ކޮޅަށް ޖެހުމަށް 15 އާއި 20 ބިލިއަން ރުފިޔާ ވަރު ބޭނުން ވާނެ ކަމަށާއި އެ އަދަދަށް ފައިސާ ހޯދައިގެން ނޫން ގޮތަކަށް އަވަހަށް އިގްތިސާދު ނަގައި ކޮޅަށް ނުޖެހޭނެ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި އިންޑިއާ އާއި ސްރީލަންކާ އިން ވެސް ވަނީ ޗައިނާ އިން 500 މިލިއަން ޑޮލަރު ދަރަންޏަށް ނަގާފައިވާ ކަމަށާއި ރާއްޖެ އިން ވެސް 500 މިލިއަން ޑޮލަރުގެ ލޯނު ޗައިނާ އިން ހޯދުމަށް ގޮވާލައްވާ ކަމަށެވެ.

"މިހާރު އޮތް ރަމްޒީ ރިލީފް ޕެކޭޖަކީ އިގްތިސާދީ ރިކަވަރީކަށް ފުދޭނެ މިންވަރެއް ނޫން. ދައުލަތުގެ އެކޮނަމީ ރިކަވާ ކުރުމަށް ޓަކައި 15 ބިލިއަން ރުފިޔާ ހަރަދު ކުރަން. ޑަބްލިޔުޓީއޯ އިން ލަފާކުރާ ގޮތުގައި ދަތުރުފަތުރާއި ޓޫރިޒަމްގެ ކަންކަން ހަމައަކަށް އެޅޭނީ 2022 ވަނަ އަހަރުގެ ފަހުކޮޅު ރާއްޖޭގެ އިގްތިސާދީ ރިކަވަރީ ޕްލޭން ހަދަން ޖެހޭނީ އެކަންކަމަށް ރިއާޔަތްކޮށްގެން." ޝަރީފު ވިދާޅުވި އެވެ.

ޝަރީފު ވިދާޅުވީ މިހާލަތާ ގުޅިގެން އިންޑީއާ އަށް ވެސް ޗައިނާ އިން 500 މިލިއަން ޑޮލަރު ނަގާފައިވާ ކަމަށާއި އަދި ސްރީލަންކާ އަށް ވެސް ޗައިނާ އިން 500 މިލިއަން ޑޮލަރު ނަގާފައިވާ ކަމަށެވެ. އަދި ރާއްޖެ އިން ވެސް އެ މަގުން ހިނގަން ނުޖެހޭ ސަބަބެއް ނެތް ކަމަށާއި ރާއްޖޭގެ އިގްތިސާދު އިޔާދަ ކުރުމަށް ޗައިނާ އިން 500 މިލިއަން ޑޮލަރު ނަގަން ޖެހޭ ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!