ދުނިޔެ

ފައިޒާގެ ވެކްސިން އެމެރިކާގައި ބޭނުންކުރަން ހުއްދަ ދީފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ެއެމެރިކާގައި ކޮވިޑް 19 އަށް ތައްޔާރުކުރި ފައިޒާ-ބަޔޮންޓެކް ވެކްސިން ބޭނުން ކުރުމަށް ހުއްދަދީފިއެވެ.

Ads by WAMCO

މި ވެކްސިން އަންނަ ހަފްތާގައި ދޭން ފަށާނެކަމަށް އެމެރިކާގެ ހެލްތު ސެކެޓްރީ އެލެކްސް އަޒަރް ވަނީ ވިދާޅުވެފައެވެ. އެފްޑީއޭއިން ކުއްލި ހާލަތްތަކުގައި ބޭނުންކުރަން ހުއްދަ ދެމުން ބުނެފައި ވަނީ ފައިޒާ ވެކްސިން ދެވޭނީ 16 އަހަރުން މަތީ އުމުރުގެ މީހުންނަށް ކަމަށެވެ. ފައިޒާގެ ވެކްސިނަށް ހުއްދަ ދިނުމާއެކު ތިން މިލިއަން ޑޯޒްގެ ވެކްސިން އެމެރިކާގެ 600 ސަރަހައްދަކުން ދިނުމުގެ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ދަނީ ވަމުންނެވެ.

އެމެރިކާގެ ފައިޒާ ކުންފުންޏާއި ޖަރުމަންވިލާތުގެ ބައޯއެންޓެކް ގުޅިގެން ކޮވިޑް-19 އަށް އުފެއްދި ވެކްސިން ކުއްލި ހާލަތުގައި ބޭނުން ކުރުމުގެ ހުއްދަ ދީފައި ވަނީ އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އިންނެވެ.

ވެކްސިނަކަށް އެމަރޖެންސީކޮށް ބޭނުން ކުރުމުގެ ހުއްދަ ލިބުމުން އެމެރިކާގެ ފެޑަރަލް ސަރުކާރުން އެމެރިކާގެ އެކި ހިސާބުތަކަށް ވެކްސިން ބެހުމާއި ޖެހުމުގެ ކަންކަން ހިނގަމުންދާގޮތް ބަލަމުން ދާނެއެވެ. އެންމެ ފުރަތަމަ ވެކްސިން ދޭން ހަމަޖެހިފައިވާ މީހުންގެ ތެރޭގައި ސިއްހީ ދާއިރާގައި މަސައްކަތްކުރާ މީހުން ހިމެނެއެވެ. އަދި ފްރޮންޓް ލައިންގައި މަސައްކަތް ކުރާ ފަރާތްތައް ވެސް ހިމެނެއެވެ.

ފައިޒާ-ބަޔޮންޓެކް ކޮވިޑް ވެކްސިން އެންމެ ފުތަމަ ބޭނުންކުރަން ފެށީ އިނގިރޭސިވިލާތުގައެވެ. މިދިޔަ ހަފްތާގެ ތެރޭގައި ވަނީ އިސްރާއިލުން އޯޑަރުކުރި ފައިޒަރ ވެކްސިންގެ ފުރަތަމަ ޝިޕްމެންޓް އެ ޤައުމަށް ލިބިފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!