މުނިފޫހިފިލުވުން

މަނީޝާއަށް ކާންދޭ އަތުގައި ދަތް އަޅައިފި: އިންޑިއާގެ މީޑިއާތައް

ދެން އެމްވީ ، ދެން އޮންލައިން

ނޭޕާލަށް އުފަން ބޮލީވުޑްގެ މަޝްހޫރު ފިލްމު އެކްޓްރެސް މަނީޝާ ކޮއިރާލާއަށް "ކާންދިން އަތުގައި ދަތް އަޅައިފި" ކަމަށް ބުނެ އިންޑިއާގެ މީޑިއާތަކާއި ރައްޔިތުން އޭނާއަށް ނުރުހުމުގެ ބަސްތައް ރައްދުކޮށްފިއެވެ.

Ads by Hajj Corporation

އިންޑިއާ ސަރުކާރުން ނޭޕާލްގެ ބިމުން ބައެއް ވެރިކުރަން އުޅުމާއި ދެކޮޅަށް މަނީޝާ ވަނީ އަޑުއުފުލާފައެވެ. އަދި ނޭޕާލްގެ ބިން އަތުލަން މަސައްކަތް ނުކުރުމަށާއި ސުލްޙަ މަސަލަސްކަން ދެމެހެއްޓުމަށް ގޮވާލާ ނޭޕާލްގެ ފޮރެން މިނިސްޓަރ ޕްރަދީޕް ގަވާލީ ކުރި ޓްވީޓަށް ވެސް މަނީޝާ ވަނީ ފާޅުގައި ތާއީދުކޮށްފައެވެ.

މަނީޝާގެ ޢަމަލުތައް ބަލައި ނުގަންނަ ކަމަށާއި އިންޑިއާގައި މަސައްކަތްކޮށް ދިރިއުޅެމުންދާއިރު އިންޑިއާއާއި ދެކޮޅު ނުވުމަށް މީހުންދަނީ ގޮވާލަމުންނެވެ. އަދި މަނީޝާއަކީ ކާންދޭ އަތުގައި ދަތް އަޅާ މީހެއް ކަމަށާއި ޝުކުރުވެރި ނުވާ މީހެއް ކަމުގައިވެސް އިންޑިއާއިން ދަނީ ބުނަމުންނެވެ.
"މަން"، "1946 އަ ލަވްސްޓޯރީ" އަދި "ދިލްސޭ" ފަދަ ހިޓް ފިލްމުތަކުގައި މަސައްކަތް ކޮށްފައިވާ މަނީޝާ ކޮއިރާލާގެ ކާފައަކީ ނޭޕާލްގެ ކުރީގެ ބޮޑު ވަޒީރު ބިޝްވެޝްވަރް ޕްރަސާދް ކޮއިރާލާ އެވެ.

ނޭޕާލްގެ ބިމުން ބައެއް ކަމުގައިވާ ލިމްޕިޔަދުރާ، ލިޕުލޭކް، އަދި ކަލަޕަނީ އިންޑިއާގެ ބަޔަކަށް ހެދުމަށް އެޤައުމުގެ ސަރުކާރުން ހުށަހެޅުމާއި މަޝްވަރާކުރުމަށް ގޮވާލި ގޮވާލުމަށް ނޭޕާލްގެ ބޮޑު ވަޒީރު ކޭޕީ ޝަރްމާ އޯލީ ވަނީ ދެކޮޅު ހަދާ ބިން ދިނުމަށް ދެކޮޅު ހަދާފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!