ލައިފްސްޓައިލް

ފުރަބަންދުގައި ވެސް ދީނީ އަޅުކަމަށް ފަރުވާކުޑަ ނުކުރާ ހީވާގި ނޫސްވެރިން!

ދެން އެމްވީ ، ދެން އޮންލައިން

ރާއްޖޭގައި ފެތުރެމުން އަންނަ ކޯވިޑް-19 ގެ ސަބަބުން ގިނަ މާލެ ސަރަޙައްދު ވަނީ ފުރަބަންދު ކޮށްފައެވެ. އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔަކު ގޭގައި ބަންދުވެފައި ތިބިއިރު، އަނެއްބަޔަކު ބަންދުވެފައިތިބީ އެމީހުން ވަޒީފާ އަދާ ކުރާ އޮފީހުގައެވެ.

Ads by STELCO

އެފަދައިން ބަންދުވެފައިތިބި އެއްބަޔަކީ ނޫސްވެރިންނެވެ. ރައްޔިތުންނަށް އެންމެ ތާޒާ ޚަބަރުތައް އެންމެ ގާތުން ގެނެސްދިނުމަށް ބުރަ މަސައްކަތްތަކެއް ކުރަމުން އަންނަ ބަޔަކީ ޤައުމުގެ ނޫސްވެރިންނެވެ. ފުރަބަންދުގެ ދުވަސްތަކުގައި އަމިއްލަ އާއިލާއާއި ދުރުގައި، އޮފީހުގައި ބަންދު ވެގެން ވަރަށް ގިނަ ނޫސްވެރިން އަންނަނީ މަސައްކަތް ކުރަމުންނެވެ.

އެފަދައިން މަސައްކަތް ކުރާ އެއް ބަޔަކީ ދައުލަތުގެ މީޑިއާގައި މަސައްކަތް ކުރާ ހީވާގި ނޫސްވެެރިންތަކެކެވެ. ބެލުންތެރިންނަށް މައުލޫމާތު ފޯރުކޮށްދިނުމަށް ނުހަނު ބުރަ މަސައްކަތެއް ކުރަމުން އަންނަ ޕީއެސްއެމްގެ ނޫސްވެެރިންތަކަކަށް ތަޢުރީފާއި ސަނާ ޙައްޤުވާ މަންޒަރެއް މީސްމީޑިއާގައި އިއްޔެވަނީ ދައުރުވެފައެވެ.

ފޮޓޯއިން ފެންނަނީ ޕީއެސްއެމް ގެ އެއް އެޑިޓަރ ކަމަށްވާ އަޙްމަދު ޖަދުއާން އިމާމްވެ ނަމާދުކުރާ މަންޒަރެވެ. ޖަދުއާންގެ ފަހަތުން ނަމާދު ކުރަނިކޮށް ފެންނަނީ ނޫސްވެރިޔާ އިސްމާއިލް އާޒިމް އާއި، ނޫސްވެެރިޔާ ރާއިފް ޔޫސުފް އާއި، އެޑިޓަރ އަލީ ޙުސެއިން އާއި، ނޫސްވެރިޔާ ޙުސެއިން އަމީން ގެ އިތުރުން ޕީއެސްއެމްގެ ސީނިއާ ޖާނަލިސްޓް ނިޝާން މުޙައްމަދު ދީދީ އާއި ސީނިއަަރ ޖާނަލިސްޓް އަބްދުﷲ މުއާޒް އެވެ.

ބުރަކޮށް މަސައްކަތް ކުރަމުންވެސް ދީނީ ވާޖިބު އަދާކުރުމުގައި ފަރުވާ ކުޑަ ނުކުރުމުން، މިބޭފުޅުންނަކީ ޤައުމަށް ޚިދުމަތް ކޮށްދިނުމުގައި ލާމަސީލު މިސާލު ދައްކާ ބައެއްކަން ހާމަވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!