ދުބާއީން 10 ވެންޓިލޭޓަރު ރާއްޖެ ގެނެސްފި
ދުބާއީން 10 ވެންޓިލޭޓަރު ރާއްޖެ ގެނެސްފިއެވެ.
މިރޭ ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮވިޑް-19ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ މި 10 ވެންޓިލޭޓަރާއެކު ރާއްޖޭގައި ހުރި ވެންޓިލޭޓަރުތަކުގެ އަދަދު މިހާރު 129 އަށް އަރާފައިވާ ކަމަށެވެ.
ވެންޓިލޭޓަރުތަކުގެ އިތުރުން އައިސީޔޫ އަދި އައިސޮލޭޝަން ފެސިލިޓީތަކަށް ބޭނުންވާ ހުރިހާ އެނދުތައް ވެސް މިހާރު ރާއްޖެ ގެނެސްފައިވާ ކަމަށާއި އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ސިއްހީ ތަންތަނުގައި ހުރި ޕީޕީއީ ސްޓޮކް އިތުރު ކުރުމުގެ މަސައްކަތް ވެސް ހެލްތް މިނިސްޓްރީން ކުރަމުންދާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.
މިއަދު 10 ވެންޓިލޭޓަރު ގެނެސްފައިވާއިރު މި ތަކެއްޗަކީ މެޑްޓެކް ކުންފުންޏާއި ހަވާލުކޮށްގެން ރާއްޖެ ގެންނަ ތަކެއްޗެވެ. މި ވެންޓިލޭޓަރުތައް ގެންނަނީ އެޑްވާންސްކޮށް ފައިސާ ދެއްކުމަށް ފަހުއެވެ.
