ޚަބަރު

މާދަމާގެ ހުކުރު ނަމާދުން ފެށިގެން ލޮކްޑައުން ނެތް ރަށްތަކުގައި ޖަމާއަތުގައި ނަމާދު ކުރުމުގެ ހުއްދަ ދީފި

ދެން އެމްވީ ، ދެން އޮންލައިން

މާދަމާގެ ހުކުރު ނަމާދުން ފެށިގެން ލޮކްޑައުން ނެތް ރަށްތަކުގައި ޖަމާއަތުގައި ނަމާދު ކުރުމުގެ ހުއްދަ ދީފިއެވެ.

Ads by STELCO

މިހާރު ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން، އިސްލާމިކް މިނިސްޓަރ ވިދާޅުވީ، ކަމާބެހޭ ފަރާތްތަކާ ވާހަކަދެއްކުމަށްފަހު، މިސްކިތުގައި ޖަމާޢަތް ހަދައިގެން މެދުކަނޑާލާފައި އޮތް އޮތުން ނިމުކަމަށް ގެންނަން ނިންމާފައިވާ ކަމަށެވެ.

"ފުރަބަންދު ނެތް އަދި މޮނިޓަރިންގެ ހާލަތުގައި ނެތް ރަށްރަށުގައި މިސްކިތްތަކުގައި ނަމާދު ކުރަން ފަށަން ވަނީ ނިންމާފައި. އެގޮތުން މާދަމާގެ ހުކުރު ނަމާދުން ފެށިގެން މިސްކިތްތަކުގެ ޖަމާއަތް ފެށޭނެ. އެކަމާ ގުޅޭ ސާކިއުލާއެއް ވެސް ފޮނުވާނަން." މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ، ޑޮކްޓަރުންލަފާދެނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން މިސްކިތުގައި ނަމާދު ކުރަން ކަމަށެވެ.

"އެ ބޭފުޅުން ލަފާ ދެއްވާފައިވޭ އުމުރުން ދުވަސްވީ މީހުން މިސްކިތަށް ނިދިއުމާއި މުސައްލަ ހިފައިގެން އަދި ވުލޫކޮށްގެން ވެސް މިސްކިތަށް ދިއުން. އަދި މިސްކިތުގައި ގިނަ އިރު ނުކުރުމަށާއި މާސްކް އަޅަން ވެސް. މ." މިނިސްޓަރ ވިދާޅުވިއެވެ.

އިތުރު ތަފްސީލު އަންނަނީ..

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!