ލައިފްސްޓައިލް

ބިޓްކޮއިން ގަންނާނީ ކިހިނެތް؟ އަދި އެހެން މީހަކަށް ފޮނުވާނީ ކިހިނެތް؟

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

ބިޓްކޮއިންގެ ވާހަކަ ވަރަށް ގިނައިން އަޑު އިވެއެވެ. ކްރިޕްޓޯ ކަރަންސީއެއްގެ ވާހަކަ އާއި، އެއިން ކުރާ ވިޔަފާރީގެ މުޢާމަލާތްތަކުގެ ވާހަކައެވެ. މިއީ ކިހިނެތް ކުރާ ކަމެއްތޯ ވަަރަށް ގިނަ ބަޔަކު ސުވާލު އުފައްދައެވެ.

Ads by Hajj Corporation

ކްރިޕްރޯ ކަރަންސީއަކީ އެކަމަށް ޚާއްޞަ ޑިޖިޓަލް އެސެޓެއް މެދުވެރިކޮށް، ހިންގާ ޓްރާންސްސެކްޝަންތަކަކުން އުފައްދާ ޑިޖިޓަލް ކަރަންސީ ނުވަތަ ވާޗުވަލް ކަރަންސީއެވެ. އެއީ އަތްލެވޭ ފައިސާއެއް ނޫނެވެ. ބިޓް ކޮއިން މުޢާމަލާތައް އާއްމުވެފައި ވަނީ، ބިޓްކޮއިން ބޭނުން ކޮށްގެން ހިންގާ މުޢާމަލާތްތަކަކީ ސިއްރު ކުރެވިފައިވާ މުޢާމަލާތްތަކަށް ވީމައެވެ. މާނައަކީ ބިޓްކޮއިން ފޮނުވާ މީހާއަކީ ކާކު ކަމެއް، ނުވަތަ ލިބޭ މީހާއަކީ ކާކު ކަމެއް ނޭނގޭނެއެވެ.

ކްރިޕްޓޯ ކަރަންސީގެ ފައިސާގެ މުޢާމަލާތެއް ކުރިޔަށް ގެންދަން ބޭނުންނަމަ، ބޭނުންވާނީ 2 އެއްޗެކެވެ. އެއީ ބިޓް ކޮއިން ގަންނަން ކްރިޕްޓޯ ކަރަންސީ ބްރޯކަރ ސައިޓަކާއި ކްރިޕްޓޯ ކަރަންސީ ސްޓޯ ކުރަން ވޮލެޓެކެވެ. ބިޓްކޮއިންގެ އަގު މިހާރު މާކެޓްގައި ރަނުގެ އަގަށްވުރެ ވެސް ބޮޑެވެ. ބިޓްކޮއިންއެއްގެ އަގު މިހާރު ހުރީ، 295,455.16 ގައެވެ. ނަމަވެސް އެންމެ 30 ޑޮލަަރަށް ވެސް ބިޓްކޮއިންގެ ވަކި މިންވަރެއް ގަނެ ރައްކާ ކުރެވޭނެއެވެ.

ކޮއިން މާމާ

ކްރިޕްޓޯ ކަރަންސީ މުޢާމަލާތެއް ކުރަން ބޭނުންނަމަ ފުރަތަމަ ކަމަކަށް ކްރިޕްޓޯ ކަރަންސީ ގަތުމަށް ކޮއިން މާމާ އެކައުންޓެއް ހަދާށެވެ. އެކައުންޓް ހެދުމަށް ތިރީގައިވާ ލިންކް ބޭނުން ކުރައްވާށެވެ. އެއަށްފަހު އެކައުން ވެރިފައި ކުރާށެވެ.

ކޮއިން މާމާ: https://go.coinmama.com/visit/?bta=63469&nci=5360
ދެން ބޭނުން ވާނީ ބިޓްކޮއިން ރައްކާކުރަން ބިޓްކޮއިން ވޮލެޓެކެވެ. ތިރީގައިވާ ލިންކް ބޭނުންފުޅު ކުރައްވާ އެކައުންޓް ހަދާށެވެ. އޭރުން 200 ޑޮލަރުން މަތިން ބިޓްކޮއިން ބައްލަވާ ގަތުމުން 10 ޑޮލަރު ބިޓްކޮއިން ހިލޭ ލިބިވަޑައިގަންނަވާނެއެވެ.

ޒެންގޯ ވޮލެޓް: https://get.zengo.com/invite/?code=ZEN6JR6U

ވޮލެޓް އިސްޓޯލްކޮށް، މެއިލް މެދުވެރިކޮށް އެކައުންޓެއް ހެދާށެވެ.

ކްރިޕްޓޯ ކަަރަންސީ ގަންނާނެ ގޮތް

ފުރަތަމަ ކްރިޕްޓޯ ކަރަންސީ ގަންނާނެ ބްރޯކަރ އަކާއި ސްޓޯ ކުރާނެ ވޮލެޓްއެއް މަތީގައި ދެންނެވި ގޮތަށް ހަދާށެވެ. އެއަށްފަހު ގަންނަން ބޭނުންވާ ކްރިޕްޓޯ ކަރަންސީ އިޚްތިޔާރު ކުރާށެވެ. އާއްމުކޮށް ގިނަ ބަޔަކު ގަންނާނީ ބިޓްކޮއިން ނުވަތަ އީތްއެވެ.

ގަންނަން ބޭނުންފުޅުވާ ބިޓްކޮއިންއެއް އިޚްތިޔާރު ކުރުމަށްފަހު، ކޮއިންމާމާ ސައިޓަށް ގޮސް ބައި ނައު އަށް ޖަހާށެވެ. އެއަށްފަހު، ޒެންގޯ ވޮލެޓް ހުޅުވާ، ކުރިން އިޚްތިޔާރު ކުރި ކަރަންސީއަށް ފިއްތާލަށެވެ. އަދި ޑިޕޮސިޓްއަށް ފިއްތާލާށެވެ. އެއަށްފަހު އަންނަ ވޮލެޓް އެޑްރެސް ކޮޕީ ކޮށްލާށެވެ. ދެން ކޮއިންމާމާ ސައިޓަށް ގޮސް ބިޓް ކޮއިން ގަނެ، އަދި ރައްކާކުރާނެ އެޑްރެސްއަކަށް ކުރިން ދެންނެވި ވޮލެޓް އެޑްރެސް ޖަހާށެވެ. އެހިސާބުން ބިޓް ކޮއިން ގަނެވުނީއެވެ.

އެހެން މީހަކަށް ކްރިޕްޓޯ ކަރަންސީ ފޮނުވާނެ ގޮތް

ކްރިޕްޓޯ ކަރަންސީ އެހެން މީހަކަށް ފޮނުވަން އެއީ ވަރަށް ފަސޭހަ ކަމެކެވެ. ޒެންގޯ ވޮލެޓަށް ގޮސް، ފޮނުވަން ބޭނުންފުޅުވާ ފޮނުވަން ކްރިޕްޓޯ ކަރަންސީއެއް އިޚްތިޔާރު ކުރާށެވެ. އަދި ސެންޓްއަށް ފިއްތާލާ، ފޮނުވަން ބޭނުންވާ ވަރު ޖަހާށެވެ. އަދި އެއަށްފަހު ފޮނުވަން ބޭނުންފުޅުވާ ފަރާތުގެ ބިޓްކޮއިން އެޑްރެސް ޖަހާށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!