މުނިފޫހިފިލުވުން

އެންޖެލީނާ ޖޮލީއާ ވައްތަރު ވާން އުޅުނު މޮޑެލް 10 އަހަރަށް ޖަލަށްލައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ހޮލީވުޑްގެ މަޝްހޫރު އެކްޓްރެސް އެންޖެލީނާ ޖޮލީއާ ވައްތަރުވާން މަސައްކަތްކުރި ތެހްރާންގެ މޮޑެލް އެއް 10 އަހަރު ދުވަހަށް ޖަލަށް ލާން އީރާނުގެ ކޯޓަކުން ހުކުމް ކޮށްފިއެވެ.

Ads by STELCO

ފާތިމާ ޚިޝްވަންދް (އިންސްޓަގްރާމްގެ ނަމުން ނަމަ ސެހެރް ތަބާރް) ނަމަކަށް ކިޔާ އުމުރުން 19 އަހަރުގެ އެމޮޑެލް ޖަލަށް ލާފައިވަނީ ޒުވާނުން މަގުފުރެއްދުމުގެ ކުށުގައެވެ.

ރިޕޯޓުތަކުން ހާމަވާ ގޮތުގައި މީގެ ތިން އަހަރެއްހާ ދުވަސް ކުރިން ސެހެރް ވަނީ އެންޖެލީނާ އާއި ވައްތަރުވާން ވެގެން އެތައް އޮޕަރޭޝަންތަކެއް ކުރި ކަމަށް ބުނެފައެެވެ. އެކަމުގެ ސަބަބުން ވަރަށް ގިނަ ބައެއްގެ ފާޑު ކިޔުން އޭނާ އަށް އަމާޒުވިއެވެ. ނަމަވެސް މީސް މީޑިއާ ގައި އޭނާއަށް ވަރަށް ބޮޑު މަޝްހޫރުކަމެއް ލިބުނެވެ.

ފާޑުކިޔުންތަކުގެ ސަބަބުން ސެހެރް ފަހުން ބުނެފައި ވަނީ އޭނާ އެއްވެސް އޮޕަރޭޝަނެއް ނުކުރާ ކަމަށާއި އެއީ ހުސް މޭކަޕާއި ފޮޓޯޝޮޕް ކަމަށެވެ.

އާއްމުންގެ މެދުގައި ކޮރަޕްޝަން ޕްރޮމޯޓް ކުރިކަމުގެ ކުށުގައި ސެހެރް ޖަލަށް ލުމުން، އީރާންގެ ނޫސްވެރިއެއް ކަމަށްވާ މާސިޙް އަލީ ނިޖާދު ވަނީ އެކަމާ ދެކޮޅަށް އަޑު އުފުލާ، ސެހެރަށް އެހީވުމަށް އެންޖެލީނާ އަށް ވެސް ގޮވާލާފައެވެ.

އެންޖެލީނާ އަަށް ވުމަށްޓަކައި "ކޮސްމެޓިކް ސާޖަރީ" ހެދި ކަމަށް ބުނެ ސެހެރްގެ ފޮޓޯތަކެއް މީސްމީޑިއާގައި ހިއްސާ ކުރީ 2017 ވަނަ އަހަރުގައެވެ. ފަހުން އޭނާ ބުނެފައިވަނީ އޭނާ ކުރީ "ގަބުރު" މޭކަޕެއް ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!