އަކްޝަރާ އެނބުރި އަންނަނީ،ބުނަނީ ހިތްތައް ކަތިލާނެ ކަމަށް
ސްޓާ ޕްލަސްއިން ގެނެސްދޭ ،ނިމުމެއް ނެތް ޑްރާމާ ސިލްސިލާ ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭގައި ލީޑްރޯލު ކުޅުނު ހީނާ ހާން (އަކްޝަރާ) އަކީ އެ ސީރީޒް އިން ގިނަ ބައެއްގެ ހިތްތަކުން ޖާގަ ހޯދި ފަންނާނެކެވެ.
އަކްޝަރާ ޝޯ އިން ވަކި ވުން ވެގެން ދިޔައީ ގިނަ ބައެއްގެ ހިތްތަކަށް މާޔޫސްކަން ގެނުވި ހަބަރަކަށެވެ. ނަމަވެސް އެ ފަރާތްތަކަށް މިއޮތީ އުފާވެރި ހަބަރެކެވެ.
އަކްޝަރާ މިވަނީ އެނބުރި ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ އަށް އަންނަ އުޅޭކަން އިއުލާނު ކޮށްފައެވެ.
ޝޯގެ ޝޫޓިންގެ ތެރެއިން ނަގާފައިވާ ވީޑިއޯކޮޅެއް އިންސްޓަގްރާމްގައި ހިއްސާކޮށް އަކްޝަރާގެ ރޯލު ކުޅޭ ހީނާ ޚާން ވަނީ އަކްޝަރާ ދުނިޔޭގައި ހުރި ކަން ހާމަ ކޮށްފައެވެ. އޭނާ އިތުރަށް ބުނީ އެންމެންގެ ހިތްތައް ކަތިލަން އަކްޝަރާ ވަރަށް އަވަހަށް އަންނާނެ ކަމަށެވެ.
މި ޝޯ ފުރަތަމަ ދައްކާފައިވަނީ 2009 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 12 ވަނަ ދުވަހުއެވެ. މިއީ ސްޓާ ޕްލަސް އިން ދައްކާ ޝޯތަކުގެ ތެރެއިން މިހާތަނަށް އެންމެ ގިނަދުވަސް ވަންދެން ކުރިއަށްދާ ޝޯ އޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ.
މީގެ 11 އަހަރު ކުރިން މި ޝޯ ފެށުނު އިރު ލީޑު ރޯލުން ފެނިގެން ދިޔައީ ހީނާ ހާން (އަކްޝަރާ) އާއި ކަރަން މެހެރާ (ނެތިން) އެވެ. ގިނަ ބަޔަކު އެ ޝޯ ބަލައިގެން އިރު ވަކި ހިސާބަކުން ފަންނާނުން ވެސް ޝޯއިން ވަކި ވީއެވެ.
އޭގެ ފަހުން ޝޯގެ ލީޑު ރޯލުން ފެނިގެން ދިޔައީ އަކްޝަރާ އާއި ނެތިކްގެ އަންހެން ދަރި ނައިރާ (ޝިވާންގީ ޖޯޝީ) އެވެ. އަދި އޭނާއާއެކު ފެނިގެންދިޔައީ ކާތިކް (މޮހްސިން)އެވެ.