ދުނިޔެ

އާ ޕްލެނެޓެއް އުފެދިއްޖެ

ދެން އެމްވީ ، ދެން އޮންލައިން

ދުނިޔެ އާ 520 އަލިއަހަރުގެ ދުރުމިނުގައި އިތުރު ޕްލެނެޓެއް އުފެދިއްޖެ ކަމަށް ނުޖޫމީ ޢިލްމްވެރިން ބުނެފިއެވެ. ފްރާންސްގެ ޕީ.އެސް.އެލް ޔުނިވަރސިޓީގެ ޓީމަކުން ވަނީ، އޭ.ބީ އޮރެއިގާ ކިޔާ ތަރިއެއްގެ ވަށައިގެން އުފެދިފައިވާ ގޭސް އަދި ހިރަފުހުގެ ބުރެއް ފެނުނު ކަމަށް ބުނެފައެވެ. މިއީ އާ ޕްލެނެޓެއްގެ ފެށުންކަމަށް އެމީހުން ވަނީ ހާމަ ކޮށްފައެވެ. ޔޫރަޕިއަން ސަދަން އޮބްސަވޭޓަރީގެ ވަރަށް ބޮޑު ޓެލްސްކޯޕަކުން ފެނުނު މި ގޭސްގަނޑު މިތަރީގެ ވަށައިގެން އެނބުރޭތަން ވަނީ ފެނިފައެވެ.

Ads by Sosun Fihaara

މި ހޯދުންތަކުގައި އިސްވެ މަސައްކަތް ކުރާ ޑރ. އެންތަނީ ބޮކަލޭޓީ ހާމަ ކުރި ގޮތުގައި ބައިވަރު ތަރިއާއި ޕްލެނެޓްތައް ފެނިފައިވާ ކަމަށާ ނަމަވެސް މި ގޮތަށް ޕްލެނެޓެއް އުފެދެނިކޮށް އަދި ފެނިފައި ނުވާ ކަމަށާއި، މިއީ ވަރަށް އަޖައި ބު ކުރުވަނިވި އެހާމެ މުހިންމު ކަމެއް ކަމަށެވެ. މިއީ ޕްލެނެޓް ތަކާއި ބެހޭ ޢިލްމުގައި ހޯދުނު ބޮޑު ކާމިޔާބީއެއްކަމަށް ވެސް ޑޮކްޓަރު ހާމަ ކުރިއެވެ. މި ކަމުގައި މަސައްކަތް ކުރާ މީހުންގެ މަސައްކަތަކީ، މި ޕްލެނެޓް އުފެދެމުންދާ އެކި ސްޓޭޖްތަކުގެ ސާފު ފޮޓޯތައް ނެގުމެވެ. ނަމަވެސް އަދި މިކަމުގައި މާ ބޮޑު ކާމިޔާބީއެއް ނުލިބެއެވެ.

މި މަސައްކަތަށް ބޭނުން ކުރާ ޓެލެސްކޯޕަކީ 2018 އަހަރު ހޯދުނު އާ ޕްލެނެޓެއްގެ ފޮޓޯނެގުމަށް ވެސް ބޭނުން ކުރި ޓެލެސްކޯޕެވެ. އެ ޕްލެނެޓަކީ 5.4 މިލިއަން އަހަރުގެ ޕްލެނެޓެއްކަމަށް ފަހުން ވަނީ އެނގިފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!