ބޮލީވުޑް މުނިފޫހިފިލުވުން

ސާރާ ކަސްރަތު ކުރާތަން ފެނި، ރަންވީރު އަޖައިބުވެއްޖެ

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ކުރިއަރަމުން އަންނަ ބޮލީވުޑު ތަރިންގެ ތެރެއިން ސާރާ އަލީ ޚާން އަކީ މިހާރު އެންމެ މަގުބޫލު އެއް ތަރިއެވެ. ސާރާ ކުރާ ކޮންމެ ކަމަކަށް ފޭނުން އަބަދުވެސް ބަލަމުން އަންނަ އިރު، ސާރާ ފާހަގަވެފައި އޮންނަނީ ވެސް މީސް މީޑީއާ އަދި ފޭނުންނާ ވަރަށް ރައްޓެހި ތަރިއެއްގެ ގޮތުގައެވެ.

Ads by Hajj Corporation

ދާދި ފަހުން ސާރާ ކަސްރަތު ކުރަމުން ނަގާފައިވާ ވީޑިއޯއަކަށް ވަނީ ގިނަ ބައެއްގެ ސަމާލުކަން ލިބިފައެވެ. ސާރާ އިންސްޓަގްރާމްގައި ހިއްސާ ކުރި ވީޑިއޯ އެތައް ހާސް ފޭނުންނެއް އަދި ފަންނާނުންނެއް ވަނީ ބަލާފައެވެ.

ވީޑިއޯގައި ފެނިގެން ދަނީ ކަސްރަތު ކުރާ ހެދުމުގައި ކުރީގެ ބޮލީވުޑު މަޝްހޫރު ލަވައެއް ކަމުގައިވާ ސުނެހެރީ ދުޕެހެރީއަށް ސާރާ ކަސްރަތު ކުރަމުންދާ މަންޒަރެވެ.

ސުނެހެރީ ދުޕެހެރީއަކީ ގޮވިންދާ އާއި ކަރިސްމާ ކަޕޫރު ފެނިގެންދާ ކޫލީ ނަންބަރު 1 ގެ ލަވައެކެވެ. ސާރާ ވަނީ ދާދި ފަހުން ކޫލީ ނަންބަރު 1 ގެ ރީމޭކެއް ކުޅެފައެވެ، އަދި އެ ފިލްމުގެ ޕްރޮމޯޝަން މަސައްކަތް އަދިވެސް ދަނީ ކުރިއަށެވެ.

ސާރާގެ ވީޑިއޯއިން ގިނަ ބަޔަކަށް އެންމެ ފާހަގަވި ކަމަކީ ސާރާ އާއެކު ސިންބާ އިން ފެނިގެންދިޔަ ކޯސްޓާރު ރަންވީރު ކަޕޫރު ސާރާގެ ވީޑިއޯ އަށް ކުރި ކޮމެންޓެވެ. ރަންވީރު ކުރި ކޮމެންޓުގައި ބުނެފައިވާ ގޮތުގައި ސާރާގެ ވީޑިއޯ ފެނި އޭނާ ބަސް ހުއްޓިއްޖެއެވެ.

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!