ޚަބަރު

އައިސޮލޭޝަނަށް ދިޔަ 300 އަށް ވުރެ ގިނަ ފުލުހުން އެނބުރި ހިދުމަތަށް

ދެން އެމްވީ ، ދެން އޮންލައިން

ކޮމިއުނިޓީ ސްޕްރެޑް ފެތުރެން ފެށިފަހުން އައިސޮލޭޝަނުގައި އަށް ދިޔަ 300 އަށް ވުރެ ގިނަ ފުލުހުން އެނބުރި ހިދުމަތަށް އައިސްފައިވާ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ރާއްޖެޓީވީ" އަށް ރޭ ދެއްވި އިންޓަވިއުއެއްގައި ސީޕީ ހަމީދު ވިދާޅުވީ ފުލުހުންގެ ތެރެއިން 23 ފުލުހަކު މިހާތަނަށް ފައްސިވެފައިވާއިރު، އައިސޮލޭޓްކޮށްފައިވާ އެއްވެސް ފުލުހަކު ވެސް މިހާތަނަށް ބައްޔަށް ފައްސި ވެފައި ނުވާ ކަމަށެވެ. އަދި އެ 23 ފުލުހުންނާއި ކޮންޓެކްޓް ވެފައިވާތީ ގާތްގަނޑަކަށް 293 ފުލުހަކު އައިސޮލޭޝަނުގައި އެބަތިބި ކަމަށްވެސް ސީޕީ ވިދާޅުވިއެވެ.

މީގެއިތުރުން ބައްޔަށް ފަސްސިވި ފުލުހުންނާއި މީގެ ދެ ތިން ދުވަސްކުރިން ބައްދަލުކުރެއްވި ކަމަށާއި އެ އެންމެންގެ ހާލުވެސް ރަނގަޅު ކަމަށް ސީޕީ ވިދާޅުވިއެވެ. އަދި ފުލުހުންގެ ތެރޭގައި އޮންނަ ރެސްޕޮންސް ޓީމަކުން ކޮންމެ ދުވަހަކު އެއް ފަހަރު އެ ފުލުހުންގެ ހާލު ބަލަމުންދާ ކަމަށްވެސް ސީޕީ ވިދާޅުވިއެވެ.

ސީޕީ ވިދާޅުވީ ކޮވިޑް19ގެ ސަބަބުން ގިނަ ދަތިތަކަކާ ކުރިމަތިލާން ޖެހިފައިވީ ނަމަވެސް، އެ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް ފުލުހުން ކުރަމުން ގެންދާނެ ކަމަށެވެ. އަދި މިކަމުގައި ހަރަކާތްތެރިވާ ފުލުހުންގެ އަދަދު މަދުވިޔަ ނުދިނުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ވެސް ސީޕީ ވިދާޅުވިއެވެ.

23 ފުލުހަކު ފައްސި ވެފައިވާއިރު، ސިފައިންގެ ތެރެއިން ވެސް ބަޔަކު ވަނީ މި ބައްޔަށް ފައްސި ވެފައެވެ.

ރާއްޖެއިން މިހާތަނަށް 1216 މީހުން ކޮވިޑަށް ފައްސި ވެފައިވާއިރު، މީތެރެއިން 104 މީހުން ބަލިން ރަނގަޅުވެ، ހަތަރު މީހަކު ވަނީ މަރުވެފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!