ޓެލެކޮމް އޮޕަރޭޓަރެއް ގެނައުމުގެ މަސައްކަތް ހަލުވިކަމާއިއެކު ކުރިޔަށް
ރާއްޖެއަށް އާ ޓެލެކޮމިއުނިކޭޝަންސް އޮޕަރޭޓަރެއް ގެނައުމުގެ މަސައްކަތް ވަރަށް ހަލުވިކަމާއިއެކު ކުރިޔަށް ދާ ކަމަށް ޓެކްނޮލޮޖީ މިނިސްޓްރީއިން ބުނެފި އެވެ.
އޮންލައިން ނޫހެއް ކަމަށްވާ "ސަން" އަށް މައުލޫމާތު ދެމުން މިނިސްޓްރީ އޮފް ސައިންސް ކޮމިއުނިކޭޝަންސް އެންޑް ޓެކްނޮލޮޖީގެ ސްޓޭޓް މިނިސްޓަރު އަލީ ސާލިހު ވިދާޅުވީ ރާއްޖެއަށް އާ ޓެލެކޮމް އޮޕަރޭޓަރެއް ގެނައުމުގެ މަސައްކަތަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރަމުންދާ މަސައްކަތެއް ކަމަށެވެ. އަދި މި މަސައްކަތުގެ ދަށުން ދެފުށް ފެންނަ ގޮތަށް އާ ޓެލެކޮމް އޮޕަރޭޓަރެއް ގެނައުމަށް ކުރަންޖެހޭ މަސައްކަތްތައް ފަށައި އެ މަސައްކަތް ހަލުވިކަމާއިއެކު ކުރިޔަށް ދާކަމަށް ސްޓޭޓް މިނިސްޓަރު ވިދާޅުވި އެވެ.
މީގެ އިތުރުން ސްޓޭޓް މިނިސްޓަރު ސާލިހު ވިދާޅުވީ މި މަސައްކަތުގެ މައުލޫމާތު ހާމަކުރެވިގެންދާނެ ސީދާ ތާރީޙެއް އަދި ނިންމިފައި ނުވާކަމަށެވެ. އެހެންނަމަވެސް ހާމަކުރަންޖެހޭ މައުލޫމާތެއް ވަގުތުން ވަގުތަށް ހާމަކުރައްވަމުން ގެންދަވާނެކަމަށެވެ.
އޮޕަރޭޓަރެއްގެ ގޮތުގައި ގެންނަން ވަކި ސަރަހައްދެއްގެ ވަކި ކުންފުންޏަކަށް އިސްކަމެއް ނުދޭނެކަމަށާއި އެ މަސައްކަތް ކުރިޔަށްދާނީ ދެފުށް ފެންނަ ހަމަ ހަމަ އުސޫލެއްގެ މަތިންކަމަށް ސައީދު ވިދާޅުވިއެވެ. މި މަސައްކަތް ކުރާނެ ބަޔަކު ހޯދުމަށް އިއުލާންކޮށްފައި ނުވެއެވެ.
"ހަމަ ދިވެހި ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަކަށް ބަލާފަ ކުންފުންޏެއް ކަނޑައަޅާނީ. ރާއްޖެއަށް އެންމެ ރަނގަޅުވާނެ ގޮތަކަށް. ވަކި ގައުމަކަށް ނުބަލާނެ، ވަކި ސަރަހައްދަކަށްވެސް." ސްޓޭޓް މިނިސްޓަރު ސާލިހު ވިދާޅުވި އެވެ.
މި މަސައްކަތުގެ ދަށުން ވަކި ސަރަހައްދެއްގެ ވަކި އޮޕަރޭޓަރެއް ގެނައުމަށް އިސްކަމެއް ނުދޭނެކަމަށާއި މި މަސައްކަތުގެ މައުލޫމާތު ހާމަކުރެވިގެންދާނެ ސީދާ ތާރީޙެއް ނިންމިފައި ނުވާކަމަށް ސާލިހު ވިދާޅުވިއެވެ. މިހާރު ރާއްޖޭގައި ޓެލެކޮމް ހިދުމަތް ދެނީ، ދިރާގާއި އުރީދޫ އެވެ. އަދި މި ދެ ކުންފުނީގެ އިތުރުން އާރުއޯއެލްއިންވެސް ދަނީ އިންޓަނެޓުގެ ޙިދުމަތް ފޯރުކޮށްދެމުންނެވެ.
މިވެރި ކަމުގެ އެންމެ ދުވަހެއް އޮށްވަތިކަމެއް ނުވާނެ.ތީމަލީހެންނު