މިއަދު ކޮންމެހެން ވެސް ތަންދޫރީ ޗިކަން ހަދާލަންވާނެ!
ބޭނުންވާނެ ތަކެތި:
500 ގ ކުކުޅު (ކަށި ނެތް)
02 މޭޒުމަތީ ސަމުސާ ތަންދޫރީ ޕޭސްޓް
02 ލޮނުމެދު (ޕޭސްޓް ހަދާފަ)
02 މޭޒުމަތީ ސަމުސާ ލުނބޯ ހުތް
2/1 1 ސައި ސަމުސާ ގަރަމް މަސާލާ
2/1 1 ޖޯޑު ޕުލެއިން ޔޯގަޓް
ލޮނު
ތައްޔާރުކުރާނެ ގޮތް:
ބޯތައްޓަކަށް ތަންދޫރީ ޕޭސްޓް، ލޮނުމެދު ޕޭސްޓް، ލުނބޯ ހުތް، ގަރަމް މަސާލާ، ލޮނު އަޅާ ރަނގަޅަށް އެއްކޮށްލުމަށްފަހު ޔޯގަޓް އަޅާފަވެސް ރަނގަޅަށް އެއްކޮލާށެވެ. އެއަށްފަހު ކުކުޅު މަސް ތަކުގައި ރަނގަޅަށް އުނގުޅާލުމަށްފަހު ބޯތަށި މަތިން ރަބަރު އަޅާ ރަނގަޅަށް ބަންދު ކޮށްލާފައި މެރިނޭޓް ކުރުމަށް 1 ގަޑިއިރު ވަންދެން ފުރިޖްގައި ބަހައްޓާލާށެވެ. ފުރިޖުން ނަގާފަ 180 ޑިގުރީގައި 30-40 މިނެޓް ވަންދެން އަވަނުން ފިހެލާށެވެ.
Ads by Allied Insurance