Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

"އެމްއެމްޕީއާރްސީގެ މައްސަލަ ލަސްވާ ސަބަބު ބެއްލެވުމަކީ ނަޝީދު އިންނަވާ ޖޭއެސްސީގެ މަސްއޫލިއްޔަތެއް"

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލަތައް ކޯޓުތަކުގައި ލަސްވާ މައްސަލަ ބެއްލެވުމަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އިންނަވާ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މަސްޢޫލިއްޔަތެއް ކަމަށް ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް ވިދާޅުވެއްޖެއެވެ.

ހައިލަމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް ދައުވާ ކުރުމުގެ ކުރިން އެމްއެމްޕީއާރުސީ ޚިޔާނާތުގެ 30 މައްސަލައެއް ކޯޓުތަކަށް ހުށަހެޅިފައިވާ ކަމަށެވެ.

މިމައްސަލަތަކުން ދައުލަތަށް 600 މިލިއަން ލިބެންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. މިމައްސަލަތަށް ލަސްވާ ސަބަބު ބެއްލެވުމަކީ ރައީސް ނަޝީދު އިންނަވާ ޖޭއެސްސީގެ މަސްއޫލިއްޔަތެއް ނޫންތޯ ހައިލަމް ސުވާލު ކުރެއްވިއެވެ.

Advertisement
Ooredoo — Square (box)

ހައިލަމް މިފަދައިން ވިދާޅުވެފައި ވާއިރު ނަޝީދުގެ އަމިއްލަ އަތްޕުޅުން ލިޔެ އެމްޑީޕީގެ އިސްފަރާތްތައް ހިމެނޭ ވަޓްސްއަޕް ގްރޫޕަކާއި ހިއްސާ ކުރެއްވި ލިޔުމެއްގައި ރައީސް ޔާމީންގެ އަމަލުފުޅުތަކާއި އަދި ހިޔާލުފުޅުތަކަށް އެ މަނިކުފާނު ތާއީދު ނުކުރައްވާ ކަމަށާއި އެހެން ނަމަވެސް އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލާގައި ހަމައެކަނި ރައީސް ޔާމީން ޖަލުގައި ބޭންދުމަކީ އިންސާފެއް ނޫން ކަމަށް ވިދާޅުވެފައެވެ.

"އަޅުގަނޑުމެން ބުނީ ކުރީ ސަރުކާރުގެ ވައްކަމުގެ މައްސަލަތައް ބަލާނެކަމަށް، އެކަން ކުރުމުގައި އަޅުގަނޑުމެން ފަސް ޖެހެންވީ ސަބަބެއް ނެތް" ނަޝީދު ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް