މޫސަގެ ސުވާލެއް ޝިޔާމަށް: ޔާމީންގެ ހުކުމާ ދޭތެރޭ ޖޭއެސްސީން ދެކޭ ގޮތް އޮޅުން ނުފިލުވާ އެމްޑީޕީގެ ކަންކަމާ ތި އުޅުއްވަނީ ކީއްވެތޯ
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ހުކުމާ ދޭތެރޭ ޖުޑީޝަލް ސާވިސް ކޮމިޝަން(ޖޭއެސްސީ)އިން ދެކޭ ގޮތް އޮޅުން ނުފިލުވާ އެމްޑީޕީގެ ކަންކަމާ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް އުޅުއްވަނީ ކީއްވެތޯ ރައްޔިތުން މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކު ސުވާލު އުފައްދަވައިފިއެވެ.
ޔާމީނަށް ތައުރީފު ކުރައްވާ ޝިޔާމް އާއި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ކުރެއްވި ޓުވީޓުތަކެއް ނަޝީދު ވަނީ ރީ-ޓުވީޓް ކުރައްވާފަ އެވެ. އެކަމަށް ޖަވާބު ދެއްވަމުން ނަޝީދު އިއްޔެ ވިދާޅުވެފައި ވަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އެކަނި ޖަލަށް ލައިގެން މާބޮޑު އިންސާފެއް ލިބޭނެ ގޮތެއް ވިސްނިވަޑައި ނުގަންނަވާ ކަމަށެވެ.
ޝިޔާމް މިއަދު ކުރެއްވި ޓްވީޓެއްގައި ނަޝީދަށް ތައުރީފު ކުރައްވާ މޭރުމަކުން ވިދާޅުވީ، އެމްޑީޕީން ވެރިކަމަށް އައީ ނަޝީދުގެ ފޮޓޯފުޅު ދައްކައިގެން، މެނިފެސްޓޯއަކާއި ސިޔާސަތުތަކެއް ވިއްކައިގެން ކަމަށެވެ. އެހެންކަމުން އެމްޑީޕީގެ ސިޔާސަތުތައް މި ސަރުކާރުގައި ތަންފީޒު ވޭތޯ ޝިޔާމް ވަނީ އެ ޕާޓީގެ މެމްބަރުންނާ ސުވާލު ކުރައްވައިފަ އެވެ.
"އެންމެ ބާރަށް ދެއްކީ ވައްކަމާއި އަނިޔާވެރިކަމާއި އިންސާފުގެ ވާހަކަ. މިއަދު އަޅުގަނޑު އެމްޑީޕީގެ ލޮބުވެތި މެމްބަރުންނާ ކޮށްލަން ބޭނުންވާ ސުވާލަކީ އެމްޑީޕީގެ ސިޔާސަތުތައް މި ވެރިކަމުގައި ތަންފީޒު ކުރެވޭތޯ؟" ޝިޔާމް ވިދާޅުވިއެވެ.
MDP verikamah aee RN ge photofulhu dhakkaigen manifesto aka siyasathuthakeh vikkaigen. Emme baarah dhekkee vakkama aniyaverikama insaafuge vahaka. Miadhu alhugandu MDP ge lobuvethi memberunna kollan beynunva suvaalakee MDP ge siyasathuthah mi verikamugai eba thanfeezu kureveytho?
— Ahmed Shiyam (@Shiyamaldives) May 23, 2020
ޝިޔާމްގެ މި ވާހަކަތަކަށް ރައްދު ދެއްވަމުން މޫސަ ވަނީ ޖޭއެސްސީގެ މެމްބަރަކަށް އިނދެ ޔާމީން ޖަލުގައި އިންނެވުމަކީ އިންސާފެއް ނޫން ކަމަށް ަނަޝީދު ވިދާޅުވާއިރު، ޕީޕީއެމްގެ ފަރާތުން ޔާމީންގެ ހުކުމާ ދޭތެރޭ ޖޭއެސްސީން ދެކޭ ގޮތް އޮޅުން ނުފިލުވާ އެމްޑީޕީގެ ކަންކަމާ އުޅުއްވަނީ ކީއްވެތޯ ސުވާލު އުފައްދަވާފައެވެ.
Alhugandu shiyam gaathu ahaalan beynumee JSC ge membarakah indhe majlis Raees e vidhaalhuvanee Raees Yamin jaluga inumakee insaafeh noon kamah ehen v iru PPM gefaraathun Raees yamin ge hukumaadheythetey JSC dhekey goith olhun nu filuvaa MDP gekankamaa thi ulhuvanee keehvetho?
— Reekomoosa (@ReekoMoosa) May 23, 2020
އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން ޔާމީން އެކަނި ޖަލަށްލާފައި ވާތީ ނަޝީދުގެ ކަންބޮޑުވުން މީގެ ކުރިން އިދިކޮޅު ކޯލިޝަނުން ވެސް ވަނީ ފާޅުކޮށްފަ އެވެ. އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރެވޭ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެ ކުންފުނީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ވަނީ މި ސަރުކާރުން ގޭ ބަންދަށް ބަދަލުކޮށްފަ އެވެ.