ބޮލީވުޑް މުނިފޫހިފިލުވުން

ނަން ނުބައިކޮށް ކިޔައިގެން ނޫސްވެރިއެއް ދެކެ ކިއާރާ ހިތްހަމަ ނުޖެހިއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ބޮލީވުޑްގެ އަރަމުން އަންނަ ތަރިންނަށް ބަލާއިރު، ކިއާރާ އަދްވާނީގެ ނަމަކީ އެންމެ އުހުގައި ފާހަގަ ކޮށްލެވޭ ނަމެކެވެ.

Ads by MWSC

ކިއާރާ އޭނާގެ ފިލްމީ ކެރިއަރު އެންމެ ފުރަތަމަ ފަށާފައިވަނީ 2014 ވަނަ ކުޅުނު ކޮމެޑީ ފިލްމު "ފަގްލީ" އިންނެވެ. އޭގެފަހުން އެތައް ފިލްމެއް ކުޅެފައިވާއިރު ގިނަ މީހުންގެ ހޫނު ތަރުހީބެއް އޭނާއަށް ލިބިފައި ވަނީ ޝާހިދު ކަޕޫރާއެކު ކުޅުނު "ކަބީރް ސިންގް" އިންނެވެ. އޭނާގެ އެންމެ ފަހުން ރިލީސް ވެފައި ވަނީ "އިންދޫ ކީ ޖަވާނީ" ކިޔާ ކޮމެޑީ ފިލްމެކެވެ. މިފިލްމުން ވެސް އޭނާއަށް ވަނީ ވަރަށް ހޫނު ތަރުހީބެއް ލިބިފައެވެ.

ނަމަވެސް ދާދި ފަހުން އިވެންޓެއް ނިންމާލުމަށްފަހު، ބައެއް ރިޕޯޓަރުން ކުރި ސުވާލުތަކަށް ޖަވާބު ދެމުން، ކިއާރާ ވަނީ އޭގެން އެކަކު ދެކެ ހިތްހަމަ ނުޖެހިފައެވެ. ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި، އެރިޕޯޓަރު ކިއާރާ ގެ ނަންކީ "ކައިރާ" މިފަދައިންނެވެ.

ނަން ނުބައިކޮށް ކިޔުމުން އެކަމާ ހިތްހަމަ ނުޖެހިގެން ކިއާރާ ބުނީ އޭނާއަށް "ކައިރާ" ނުކިޔުމަށާއި ނަން ނުބައިކޮށް ކީތީ އެރިޕޯޓަރުގެ ސުވާލަށް ޖަވާބު ނުދޭނެ ކަމަށެވެ.

ނަމަވެސް ފަހުން އޭނާ ވަނީ އެކަމާ ތަންކޮޅެއް ހަމަޖެހިގެން، އެރިޕޯޓަރާ ހިނިތުންވުމަކާއެކު ވާޙަކަ ދައްކާފައެވެ. ކިއާރާ ބުނީ އެރިޕޯޓަރު އަބަދުވެސް އޭނަގެ ނަމަށް ކިޔަނީ "ކައިރާ" ކަމަށާއި ނަން ލޯތްބާއެކު ރަނގަޅަށް ކިޔުމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!