ބޮލީވުޑް މުނިފޫހިފިލުވުން

ހޮސްޕިޓަލުގައި ވެސް ރެމޯ ހަމަ ނަށަނީ

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ހާޓް އެޓޭކެއް ޖެހި ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން އަންނަ ބޮލީވުޑުގެ މަޝްހޫރު ކޮރިއޮގްރަފަރ، ޑާންސަރ އަދި ޑައިރެކްޓަރ ރެމީ ޑި ސޫޒާ ހޮސްޕިޓަލު ކޮޓަރީގައި ހުރެ ވެސް ނަށަން ފަށައިފިއެވެ.

Ads by Sosun Fihaara

ރެމޯއަށް ހާޓް އެޓޭކެއް ޖެހިފައި ވަނީ މިދިޔަ ހުކުރު ދުވަހުއެވެ. އޭނާއަށް ފަރުވާ ދެމުން އަންނަނީ މުމްބައިގެ ކޮކިލަބެން ހޮސްޕިޓަލުގައެވެ.

ރެމޯގެ ހާލު ރަނގަޅުވަމުން އަންނައިރު، ދާދި ފަހުން ރެމޯގެ އަންހެނުން ލިޒޭލް ވަނީ ހޮސްޕިޓަލުގެ ކޮޓަރީގައި ހުރެ ރެމޯ ނަށާ ވީޑީއޯއެއް އިންސްޓަގްރާމްގައި ހިއްސާ ކޮށްފައެވެ. އެ ވީޑިއޯއިން ފެންނަނީ ރެމޯ ގޮނޑިއެއްގައި އިނދެ އެއް ފައިން ނެށުމުގެ ހަރަކާތްތައް ކުރާ މަންޒަރެވެ.

ވީޑިއޯ ހިއްސާކޮށް ލިޒޭލް ވަނީ ރެމޯގެ ހާލު ރަނގަޅުވަމުން އަންނަ ކަން ފާހަގަކޮށް ފޭނުންނަށް ޝުކުރު އަދާ ކޮށްފައެވެ.

ފޭނުންގެ އިތުރުން ގިނަ އަދަދެއްގެ ބޮލީވުޑު ފަންނާނުން ވެސް ވަނީ ރެމޯގެ ހާލު ރަނގަޅުވުމަށް އެދި ހެޔޮ ދުއާ ކޮށްފައެވެ.

ސުޕަހިޓްވި ފިލްމުތައް ކަމަށްވާ "އޭބީސީޑީ" އާއި "އޭބީސީޑީ 2" އަދި "ސްޓްރީޓް ޑާންސަރ 3ޑީ" އުފައްދާފައިވާ ރެމޯ ގެ ހާލު ރަނގަޅުވަމުން އަންނާތީ އުފާކުރާ ކަމަށާއި އަވަހަށް ރަނގަޅު ވުމަށް އެދޭ ކަމަށް ބުނެ މަޝްހޫރު ނެށުންތެރިޔާ ނޯރާ ފަތޭހީ ވެސް ވަނީ އިންސްޓަގްރާމް ގައި ޕޯސްޓެއް ކޮށްފައެވެ. އަދި އޭނާގެ ގާތް ދެ އެކުވެރިން ކަމުގައިވާ ގީތާ ކަޕޫރާއި ޓެރެންސް ލުއިސް ވެސް ވަނީ ރެމޯ އަށް ހެޔޮ ދުއާކޮށް ޕޯސްޓު ކޮށްފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!