މުނިފޫހިފިލުވުން

ލޮކްޑައުންގައި ސޭންޑީއަށް ދަސްވީ ބަތްކާން!

ދެން އެމްވީ ، ދެން އޮންލައިން

ފިލްމީ ތަރިންނާއި ގްލެމާރގެ ދުނިޔޭގައި އުޅޭ ފަންނާނުންނަކީ އެބަޔަކާއި ބެހޭގޮތުން ގިނަ ބަޔަކު ކަންކަން އެނގެން ބޭނުންވާ ބައެކެވެ. އެގޮތުން ރާއްޖޭގެ ފިލްމީ ފަންނާނުންނާއި ބެހޭގޮތުން ވެސް ކަންކަން އެނގެން ބޭނުނަވާ މީހުން މަދެއް ނޫނެވެ.

Ads by Sosun Fihaara

ބައިސްކޯފުން ގެނެސްދޭ "ލޮކްޑް އަޕް ވިތު" އެޕިސޯޑުތަކުން އެކަންތައް މިވަނީ ފަސޭހައިން މަގުފަހިވެފައެވެ. އެކި ފަންނާނުންވަނީ އެމީހުންނާއި ބެހޭގޮތުން ކޮންމެވެސް ވަރެއްގެ މައުލޫމާތު ހިއްސާ ކޮށްފައެވެ.

އެގޮތުން އެޕްރޮގްރާމްގައި އެންމެ ފަހުން ގެނެސްދީފައިވަނީ މަޝްހޫރު ޑިޒައިނަރ، އަދި ބައެއް ފިލްމުތަކުން ވެސް ފެންނަމުން އަންނަ ޙުސެއިން ޝަދްޔާން (ސޭންޑީ) ގެ އެޕިސޯޑް އެވެ. ސޭންޑީއާ ވެސް އެކި ސުވާލުތައް ކޮށްފައިވާއިރު، ފާހަގަ ކޮށްލެވޭ ބައެއް ޖަވާބުތައް ހިމަނާލާނަމެވެ.
އޭގެ ތެރެއިން އެއް ސުވާލަކީ ލޮކްޑައުން ގައި ސޭންޑީއަށް ދަސްވި އާ ކަމަކާއި ބެހޭ ގޮތުންނެވެ.

"ލޮކްޑައުން ފެށިފަހުން އާ ކަމަކަށް ދަސްވި ކަމަކީ..... އާނ ލޮކްޑައުން ފެށުމުގެ ކުރިން އައި އޭމް ސަމްވަން ހޫ ޑޯންޓް އީޓް ރައިސް.. އެއްގޮތަކަށް ވެސް! ކޮންމެވެސް ވަރަކަށް ކާނެ އެކަމަކު އާންމުކޮށް ނުކާނެ. އިފް އައި ހޭވް އެނީ އަދަރ އޮޕްޝަން އައި ވުލްޑުންޓް އީޓް ރައިސް." ސޭންޑީ ބުންޏެވެ.

ނަމަވެސް މިހާރު ލޮކްޑައުން ފެށުން ފަހުން ބަތް ކާން އެޑިކްޓް ވެފައިވާ ކަމަށާއި، ހާރުދަމަށާއި ރޯދަ ވީއްލުމަށް ވެސް ސޭންޑީ ކަނީ މަސްދަޅާއި، ފަތާއި ބަތް ކަމަށް ސޭންޑީ ބުންޏެވެ.

މީގެއިތުރުން އެއެޕިސޯޑް ގައި ވާހަކަ ދައްކަމުން ސޭންޑީ ބުނީ، ވަރިއަކާއި ހަމައަށް ކައިވެންޏެއް ދަނީ ދެމީހުން އެކަކު އަނެކަކާއި ނުލާ އުޅެން ދަސްވާ ހިސާބުން، ނޫނީ އެކަކު އަނެކަކަށް ބޭނުން ނުވާކަން އެނގެން ފަށާ ހިސާބުން ކަމަށެވެ.
ސޭންޑީގެ އަމިއްލަ ބޯޓެއް ނުވަތަ ސަފާރީއަކަށް ނަން ދެންޏާ އޭނާ އެއުޅަނދަކަށް ނަންދޭނީ "ޕާރްވަތީ" ގެ ނަމުން ކަމަށް ވެސް ސޭންޑީ ބުނެފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!