ދުނިޔެ

ލަންކާގެ ސުޕްރީމް ކޯޓުގައި އަލިފާން ރޯވެއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އަވަށްޓެރި ޝްރީލަންކާގެ ކޮލޮމްބޯ ގައި ހުންނަ ސުޕްރީމް ކޯޓުގެ އިމާރާތެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

Ads by WAMCO

ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި މިހާރު އެއަލިފާންގަނޑު ވަނީ ކޮންޓްރޯލު ކުރެވިފައެވެ. މިހާދިސާ ހިނގީ މިއަދު ހަވީރުގެ ވަގުތެއްގައި ކަމަށް ރިޕޯޓުތަކުން ބުނެފައިވެއެވެ.

"ސުޕްރީމް ކޯޓުގެ މާޝަލް ބުނެފައި ވަނީ އަލިފާންގަނޑު މިހާރު ކޮންޓްރޯލް ކުރެވިފައިވާ ކަމަށް. ނަމަވެސް ބޭސްމަންޓުގައި ހުންނަ ރިކޯޑު ރޫމް ގެ ހާލެއް އަދި އެނގިފައެއް ނުވޭ. އެސަރަޙައްދުގައި ވަރަށް ބައިވަރު ދުން ވަނީ އުފެދިފަ" ސުޕްރީމް ކޯޓުގެ ވަކީލު ނިޝާން ޕްރެމަތިރަޓްނޭ މީޑިއާތަކަށް މައުލޫމާތު ދެމުން ބުނެފައިވެއެވެ.

ކޮލޮމްބޯ ފަޔަރ ބްރިގޭޑުން ބުނެފައިވަނީ، އެއަލިފާންގަނޑު ނިއްވާލުމަށް 8 ޔުނިޓެއް އެސަރަޙައްދަށް ފޮނުވާފައިވާ ކަމަށެވެ.

ލަންކާގެ ސުޕްރީމް ކޯޓެއްގައި އަލިފާން ރޯވާން ޖެހުނު ސަބަބު އަދި އެނގިފައެއް ނުވެއެވެ.

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!