އިތުރު 39 މީހުން ފައްސިވެ، ފައްސިވި މީހުންގެ އަދަދު ޖުމްލަ 1313 އަށް
އިތުރު 39 މީހުން ފައްސިވެ، ފައްސިވި މީހުންގެ އަދަދު ޖުމްލަ 1313 އަށް އަރައިފިއެވެ.
އެޗްޕީއޭ އިން ދާދި ދެންމެއަކު ކުރި ޓްވީޓެއްގައި ބުނެފައިވަނީ މިރޭ 09:30 އާ ހަަމައަށް ރާއްޖެއިން އިތުރު 39 މީހަކު ކޮވިޑް19 އަށް ފައްސިވެފައިވާކަމަށެވެ. މީގެ ތެރޭގައި ހިމެނެނީ 16 ދިވެހިންނާއި 15 ބަންގްލަދޭޝް މީހުނާއި އިންޑިއާ 7 މީހެއްގެ އިތުރުން ސްރީލަންކާ މީހެކެވެ.
ރާއްޖެއިން މިހާތަނަށް އެންމެ ގިނައިން ފައްސިވެފައިވަނީ ބިދޭސީންނެވެ. އޭގެ ތެރޭގައި ވެސް ބަންގްލަދޭޝް މީހުންގެ އަދަދު ގިނަ ކަން ފާހަގަކޮށްލަން ޖެހެއެވެ.
ރާއްޖެއިން ކޮވިޑް-19 ގައި ހަތަރު މީހަކު މިހާތަނަށް ނިޔާވެފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 80 އަހަރުން މަތީގެ ތިން ދިވެހިންނާއި 33 އަހަރުގެ ބަންގްލަދޭޝް ރައްޔިތެކެވެ.
Ads by Allied Insurance