ޚަބަރު

ސީރިއާގައި ދިވެހި ފުލުހުން އުޅޭކަމަށް ދެކެވޭ ވާހަކަތައް ފުލުހުންގެ އިދާރާ އިން ދޮގުކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ސީރިއާގައި ދިވެހި ފުލުހުން ހަރަކާތްތެރިވަމުންދާކަމަށް ދެކެވޭ ވާހަކަތައް ފުލުހުންގެ އިދާރާ އިން ދޮގުކޮށްފިއެވެ.

Ads by Sosun Fihaara

ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ ސީރިއާގައި ދިވެހި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށް ބައެއް ފަރާތްތަކުން ދައްކާ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއް ކަމަށެވެ.

"އެއްވެސް އިރެއްގައި ދިވެހި ފުލުހުން ސީރިއާގައި ހަރަކާތްތެރިވެފައިނުވާނެ،" ފުލުހުންގެ އޮފިޝަލް ވިދާޅުވިއެވެ.

ފުލުހުންގެ އޮފިޝަލް ވިދާޅުވީ ސީރިއާގައި ތިބި ބައެއް ދިވެހީން ގެނައުމަށް ސަރުކާރުން ނިންމާފައިވާ ކަމަށާއި އެ ނިންމުން ތަންފީޒު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

ސީރިއާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިގައި ގިނަ އަދަދެއްގެ ދިވެހީން އަންނީ ބައިވެރިވަމުންނެވެ. އެ ހަނގުރާމައިގައި ބައެއް ދިވެހީން މަރުވެފައި އެބަވދެއެވެ. އަދި ދިވެހި އަންހެނުންނާއި ކުޑަކުދިން އެ ގައުމުގައި ހަނގުރާމަ ކުރާ ސަރަހައްދުގައި ހާލުގައި ވަނީ ޖެހިފައެވެ.

ބޭރު ގައުމުތަކުގައި ހިންގާ ހަނގުރާމަތަކުގައި ބައިވެރިވުމަކީ ބޮޑު ކުށެއް ކަމަށް ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައި ވަނީ ބަޔާންކޮށްފައެވެ. ޓެރަރިސްޓު ޖަމާއަތެއްގައި ބައިވެރިވެ ދިވެހީން ހަނގުރާމަތަކަށް ރެކްރޫޓު ކުރުމުގައި އިސްކޮށް އުޅުނު ޏ. ފުވައްމުލައް، ކަރިއްޔާވިލާ، މުހައްމަދު އަމީން ހައްޔަރުކޮށް، ދާދިފަހުން ވަނީ ދައުވާ އުފުލާފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!