ލައިފްސްޓައިލް

ފޭރެން އުޅުނު މީހާ ހުއްޓުވީ އުމުރުން އެންމެ 10 އަހަރުގެ އަންހެން ކުއްޖެއް

ދެން އެމްވީ ، ދެން އޮންލައިން

ގެއަށް ވަގަކު ވަދެ ފޭރެން މަސައްކަތް ކުރުމުން އުމުރުން އެންމެ 10 އަހަރު އަންހެން ކުއްޖަކު އެ މީހާ ހުއްޓުވައިފިއެވެ.

Ads by MWSC

ކެލެފޯނިއާގެ ބޭކާސްފީލްޑުގައި ހިނގި މި ހާދިސާގެ ސީސީޓީވީ ފުޓެޖް މިހާރު އާންމު ވެފައިވާއިރު، އެ ވީޑިއޯއިން ފެންނަނީ އެ އަންހެން ކުއްޖާގެ ގޭގެ ބޭރުގައި ޕާކްކޮށްފައި އޮތް ކާރުގައި އެ ކުއްޖާ އިށީނދެލައިގެން އިން މަންޒަރެވެ.

ލޯލާ ނަމަކަށް ކިޔާ މި ކުއްޖާ އަށް އެ މީހާ ގެއަށް ވަންތަން ފެނުމުން ކާރުން ނިކުމެ ހަޅޭ ލަވައިގަތެވެ. އަދި އެތަނުން ދިއުމަށް ބުނެ ރޯން ފެށިއެވެ. އެއާއެކު ވަގު ވަނީ އެތަނުން ފިލާފައެވެ.

ލޯލާގެ ހަޅޭކުގެ އަޑާއެކު އެ ގެއިން މީހަކު ނިކުމެ ވީގޮތެއް އޮޅުން ފިލުވިއެވެ. އެވަގުތު ލޯލާގެ ބައްޕަ ވަނީ ފުލުހުންނަށް ގުޅާ މައްސަލަ ރިޕޯޓު ކޮށްފައެވެ.

ލޯލާ ދެއްކި ހިތްވަރާއި ކެރުމަށް ގިނަ ބަޔަކު ވަނީ ތައުރީފު ކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!