ޚަބަރު

މަރު ކޮމިޝަނުން ޑރ. ޝަހީމަށް ރައްދު ދެއްވައިފި

ދެން އެމްވީ ، ދެން އޮންލައިން

ޑރ. އަފްރާޝީމް އަލީގެ މަރުގެ ރިޕޯޓް ނެރުނީ މަރު ކޮމިޝަނަށް ލިބިގެންވާ ބާރުގެ ބޭނުން ނަހަމަގޮތުގައި ހިފައި ސިޔާސީ ގޮތުން ބަޔަކު ބަދުނާމުކުރުމަށް ކަމަށް ވިދާޅުވެ ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ދެއްކެވި ވާހަކައަށް މަރު ކޮމިޝަނުން ރައްދު ދެއްވައިފިއެވެ.

Ads by MWSC

މަރު ކޮމިޝަނުގެ މެމްބަރު ފަރީޝާ އަބްދުﷲ ވިދާޅުވީ ޚިޔާލުފާޅު ކުރުމުގެ މިނިވަންކަން ޑރ. ޝަހީމަށް ލިބިގެންވާ ކަމަށާއި، އޭނާ ބޭނުން ޚިޔާލެއް ފާޅުކުރެއްވިޔަސް، ރިޕޯޓް ނެރުނީ ތަހުގީގު ފުރިހަމަ ކުރުމަށްފަހު ކަމަށެވެ.

ފަރީޝާ ވިދާޅުވީ އެންމެ ފަހަރަކު ވެސް އެ ކޮމިޝަނުން ޑރ. އަފްރާޝީމްގެ މަރުގެ މައްސަލައިގައި ޑރ. ޝަހީމް ބައިވެރިވެފައިވާކަމަށް ތުހުމަތު ކޮށްފައިނުވާނެ ކަމަށެވެ.

ވަރަށް ސާފުކޮށް ކަޅާއި ހުދުން ކޮމިޝަންގެ ރިޕޯޓުގައި ޑރ. ޝަހީމް ކޮމިޝަނަށް ދެއްވި ބަޔާނާއި ކޮށްފައިހުރި މުއާމަލާތްތަކާއި ދިމާނުވާކަން ބަޔާންކޮށްފައިވާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޑރ. ޝަހީމް އެ މައްސަލާގައި ދޮގު މައުލޫމާތު ދެއްވި ކަމަށާއި ތެދު މައުލޫމާތު ދެއްވިނަމަ ރިޕޯޓު މިހާރަށްވުރެ ފުރިހަމަވާނެ ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!