ލައިފްސްޓައިލް

ކިތަންމެ ވަރަކަށް ކެޔަސް ފަލަނުވާ ސަބަބު މިއޮތީ!

ދެން އެމްވީ ، ދެން އޮންލައިން

ބޭނުން ކޮންމެ އެއްޗެއް ކައިގެން އަދި ކިތަންމެ ވަރަކަށް ކެއި ނަމަވެސް ފަލަ ނުވަނީ މުޅި ދުނިޔެއިން 1 އިންސައްތަ މީހުން ކަމަށް ދިރާސާއަކުން ދައްކައިފިއެވެ. އަދި މި ދިރާސާކުރި ފަރާތްތަކުން ވަނީ މިއީ ކިހިނެތް ވާކަމެއްކަން ވެސް ދެނެގަނެފައެވެ.

Ads by STELCO

އެގޮތުން ކިތަންމެ ވަރަކަށް ކެޔަސް ފަލަނުވުމަކީ އެމީހެއްގެ ޖީންސް ގައި ހުންނަ ކަމެއް ކަމަށް ދިރާސާވެރިން ވަނީ ބުނެފައެވެ. އެގޮތުން ފަލަވާ ޖީން އެއް ކަމަށް ވާ "އޭއެލްކޭ" ޖީން މި މީހުންގެ ގައިގައި މަދުކަމަށް ދިރާސާއިން ދައްކައެވެ.

މި ދިރާސާއަކީ އެއް ހާހަށް ވުރެ ގިނަ މީހުން ހިމަނައިގެން ކޮށްފައިވާ ދިރާސާއެކެވެ. އަދި ދިރާސާގައި ބައިވެރިވި މީހުންގެ ތެރެއިން ހަށިގަނޑުގައި ފަަލަވާ ޖީން ނުހުންނަނީ އެއް އިންސައްތަ މީހުނެވެ.

މި ދިރާސާ އިތުރަށް ފުރިހަމަ ކުރުމަށްޓަކައި ސައިންސްވެރިން ވަނީ ފަލަވާ ޖީން ބޭނުންކޮށްގެން މީދަލުގައި މި ދިރާސާ ޓެސްޓުކޮށްފައެވެ. އެގޮތުން މީދަލުގައި މި ޖީން އޮފް ކޮށްލުމަށް ފަހު ހަކުރާއި ސަރުބީ ގިނަ ކާއެއްޗެއްހި ކާން ދިނުމުން ވެސް މީދާތައް ފަލަވެފައި ނުވާކަމަށް ދިރާސާގެ ރިޕޯޓުގައިވެއެވެ.

އަދި މި ދިރާސާގެ އެހީގައި މާބޮޑަށް ފަލަވާ ބަލި ޖެހޭ މީހުނަށް ފަރުވާ ދެވިދާނެ ކަމުގައި އިޝާރާތެއްވެސް ސައިންސްވެރިން ވަނީ ކޮށްފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!