ދުނިޔެ

ކޮރޯނާވައިރަސްއަކީ ސީދާ އިންސާނުން "އިންފެކްޓް" ކުރުމަށް ހެދިފައިވާ ވައިރަހެއް – ސައިންސްވެރިން

ދެން އެމްވީ ، ދެން އޮންލައިން

ކޮރޯނާވައިރަސް އަކީ އިންސާނުން "އިންފެކްޓް" ކުރުމަށް ވަކިގޮތަކަށް ބަދަލު ގެނެސްފައިވާ ވައިރަހެއްކަމަށް އޮސްޓްރޭލިޔާގެ ސައިންސްވެރިންގެ ޓީމަކުން ބުނެފިއެވެ.

Ads by Sosun Fihaara

އޮސްޓްރޭލިޔާގެ ވެކްސިން ރިސާޗަރ އަދި މި ދިރާސާ ލިޑް ކުރައްވާ ޕްރޮފެސަރ ނިކޮލައި ޕެޓްރޮވްސްކީ ހާމަ ކުރިގޮތުގައި "ފެންނަން ހުރި ހެކިތަކަށް ބަލާއިރު މިއީ އާންމުކޮށް ފެންނަ އަދި ޖަނަވާރުންގެ ފަރާތުން އިންސާނުންނަށް ޖެހޭ ވައިރަހެއްނޫން، އެންމެ ފުރަތަމަ ދުވަހުން ފެށިގެން މިއީ އިންސާނުން އިންފެކްޓް ކުރާ ވައިރަހެއް ކަން ދަނީ ފެންނަމުން" ކަމަށެވެ. އެހެން ކަމުން މިކަމުގެ އެންމެ ފުނަށް ފީނަން، ޗައިނާގެ ވުހާންގެ ލެބޯޓަރީ އިތުރަށް ތަހުގީގު ކުރަން ޖެހޭކަމަށްވެސް ޕްރޮފެސަރ ނިކޮލައި ޕެޓްރޮވްސްކީ ގޮވާލިއެވެ.

އޭނާ އިތުރަށް ހާމަ ކުރިގޮތުގައި މި ވައިރަހަކީ އާދަޔާ ޚިލާފް ޙާލަތެއްގައި ޖަނަވާރެއްގެ ފަރާތުން ޖެހުނު އެއްޗަކަށް ވެދާނެއެވެ. ނަމަވެސް ލެބޯޓްރީއަކުން ލީކްވި ކަމަށްވެސް ބެލެވެން އޮތުމުން އެކަން ބެލުމަށް ކުރަންޖެހޭ ކަންކަންވެސް ހުއްޓާލައިގެން ނުވާކަމަށް އޭނާ ބުނެފައިވެއެވެ. މިކަމަށް ބާރުދޭ އަނެއްކަމަކީ ކޮރޯނާވައިރަސްގެ ތަހުލީލުތައް ކުރެވެމުން ދިޔަ ވުހާންއިން މި ވައިރަސް ފެތުރެން ފެށުމެވެ. އެހެން ކަމުން ކިތަންމެ ކުޑަ ފުރުސަތެއް އޮތްނަމަވެސް އެކަން ނުބަލާ ދޫކޮށްލައިގެން ނުވާނެކަމަށާ، ގައުމުތަކުގެ މެދުގައި ސިޔާސީ ހަމަ ނުޖެހުމެއް އުފެދިދާނެކަމަށް ބަލާފައި ނަމަވެސް މިކަން ދޫކޮށްލެވެން ނެތް ކަމަށް ޕްރޮފެސަރ ހާމަ ކުރިއެވެ.

މި ކަމާ ގުޅިގެން މިހާތަނަށް މީހަކު ނުހޯދާ ވަރަށް ޕްރޮފެސަރ ނިކޮލައި ޕެޓްރޮވްސްކީ ވަނި ހެކި ހޯދާފައެވެ. މިކަމަށް ބާރުދެމުން ދުނިޔޭގެ މަޝްހޫރު ބަޔޯސެކިއުރިޓީގެ ތަޖުރިބާކާރު ރިޗަޑް އީބްރައިޓް ހާމަ ކުރި ގޮތުގައި، މިއީ ގުރުރަތީ ގޮތުން މިވައިރަސް ހުންނަ ގޮތްކަމަށްވުމަކީ އެކަށީގެންވާ ކަމެއް ނަމަވެސް އެކަމަށް އޮތް ފުރުސަތު ކުޑައެވެ. އޭގެ ބަދަލުގައި މި ވައިރަހަށް ބަދަލުތަކެއް ގެނެސްފައިވާކަމަށް ދޭހަވާ ގިނަ ހެކި ފެންނަން ހުރި ކަމަށްވެސް އީބްރައިޓް ހާމަ ކުރިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!