ދުނިޔެ

ކިމް ޖޮންގ އުން އަށް ވަގުތާ ނުކުޅެވޭނެކަން އެންމެ ފަހުން ނޯތު ކޮރެޔާއިން ގަބޫލުކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ހަރުކަށިކަމުގެ ނަމޫނާ ލީޑަރު ކިމް ޖޮންގ އުން އަށް ވަގުތު ބަދަލުކޮށް ނުހެދޭނެކަން އެތައް އަހަރެއް ފަހުން ނޯތު ކޮރެޔާއިން ގަބޫލުކޮށްފިއެވެ. އަދި ލީޑަރުގެ ހަގީގަތެއް ނެތް ވާހަކަތައް ގަބޫލުކޮށްގެން ތިބި ތިބުން ދޫކޮށްލާ، އޭނާއަކީ ވެސް އާދައިގެ އިންސާނެއް ކަމަށް ނޯތު ކޮރެޔާގެ ރައްޔިތުން ގަބޫލުކުރަން ކިމް ޖޮންގ އުން މިހާރު ބޭނުންވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

Ads by Sosun Fihaara

މިއަހަރު ތެރޭގައި ކިމް ޖޮންގ އުން އާންމު ތަންތަނުން ފެނުން ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ.

މިކަމާ ގުޅުވައިގެން މީޑިއާ ރިޕޯޓްތައް ބުނެފައިވަނީ އެއްވެސް އިންސާނަކު ކުއްލިއަކަށް ގެއްލިފައި، އަލުން އަނބުރާ އައުން ފަދަ ކަންތަކެއް ނުކުރެވޭނެ ކަމަށާއި މިއީ ކިމްގެ އާއިލާއަކަށް ވެސް ކުޅަދާނަ ވެގެންވާ ކަމަކަށް ނުވާނެކަމަށެވެ.

ނޯތު ކޮރެޔާގައި މިކަމަށް ބޭނުން ކުރާ ބަހަކީ، " ދުރުމިން ކައިރި ކުރާ ޖާދޫ"އެވެ.އެމީހުން ޤަބޫލު ކުރާ ގޮތުގައި މިއީ ރޫހާނީ ކަމެކެވެ. އިންސާނީ ސިފައެއް ނޫނެވެ.

މިދިޔަ އަހަރު ހެނޯއީގައި، އެމެރިކާގެ ރައީސްއާއެކު ބޭއްވުނު ދެވަނަ ސަމިޓްގައިވެސް އެއްބަސް ވުމަކަށް ނާދެވުވުމުގެ ސަބަބުން، ކިމްގެ ހަރުކަށިކަން ދޫކޮށް އިންސާނީ ސިފަތައް ދުނިޔެއަށް ދައްކަން އަންނަނީ މަސައްކަތް ކުރަމުންނެވެ.

މި މަހު ކުރީކޮޅު ކިމް އާންމުންގެ ތެރެއިން ފެނުނީ، އެއްވެސް މީހަކަށް ނުފެނި 20 ދުވަހު އުޅުމަށް ފަހުގައެވެ. ބައެއް މީޑީޔާތަކުން ކިމްގެ ހިތުގެ އޮޕަރޭޝަނެއް ކުރިކަމަށް ރިޕޯޓްކުރި އިރު، ޖަޕާނުގެ މީޑީޔާއަކުން ވަނީ ކިމް ކޯމާއެއްގައި އޮތްކަމަށްވެސް ރިޕޯޓް ކޮށްފައެވެ. މިވަރުން ނުފުދި ބައެއް މީޑިޔާތަކުން ވަނީ މިދިޔަ ދެމަހެއްހާ ދުވަހު އާންމުންނަށް ނުފެނި ދިޔަ ކިމް މަރުވީ ކަމަށްވެސް ލަފާކޮށްފައެވެ. ނަމަވެސް މިގޮތަށް އާންމު އެއްވުންތަކުން ފެނުން މަދުވުމުގެ ފަހަތުގައިވަނީ މިހާރު ފެތުރިގެން އުޅޭ ކޮރޯނާ ވައިރަސް ކަމަށް ވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

ކިމްގެ ބައްޔާއި ބެހޭގޮތުން އަވަށްޓެރި ސައުތު ކޮރެޔާގެ އިންޓެލިޖެންސުން ހާމަ ކުރި ގޮތުގައި މިއީ އެއްވެސް އަސާސެއް ނެތް ހުސް ވާހަކަ ތަކެއް ކަމަށެވެ. ކިމް ބަލިވެ އުޅުނުކަމުގެ އެއްވެސް ހެއްކެއް ލިބިފައި ނެތްކަމަށް ސައުތު ކޮރެޔާއިންވަނީ ޔަގީން ކޮށްދީފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!