މުނިފޫހިފިލުވުން

އިންޑިޔާ އަންހެނަކު ޓިކްޓޮކް ވީޑިއޯއެއް ހަދަން އުޅެނިކޮށް ސިޑިން ވެއްޓުމުން ލިބުނު މަޝްހޫރުކަން މާބޮޑު

ދެން އެމްވީ ، ދެން އޮންލައިން

އާދަޔާ ޚިލާފް ކަންކަމުގެ ސަބަބުން އިންޑިއާގައި އެންމެ ދުވަހަކުން ވެސް މީހަކު މަޝްހޫރު ވެދާނެ އެވެ. އެގޮތުން ބައިވަރު، ހެއްވާ މަޖާ ވީޑިއޯތައް ހަދައިގެން މީހަކު މަޝްހޫރު ނުވާވަރަށް، ވީޑިއޯ ހަދަން އުޅެނިކޮށް ސިޑިން ވެއްޓުމުން މީހަކު މިވަނީ މަޝްހޫރުވެފައެވެ. މި ވީޑިއޯގައި ފެންނަނީ އިންޑިޔާގެ ތެލުގޫ އަންހެނަކު، އެގައުމުގެ މަޝްހޫރު ފިލްމު "ޑީ.ކޭ. ބޯސް" ފިލްމުގެ "ޕަޑިޕޯޔާ" ލަވަކިޔަމުން ސިޑިން އަރައިގެން އަންނަ ތަނެކެވެ.

Ads by STELCO

ސިޑީގެ އެންމެ މައްޗަށް އެރުމަށްފަހު އިށީންނަން އުޅެނިކޮށް ކައްސާލައިގެން ވެއްޓެނީ އެވެ. މީގައި އެންމެ މަޖާ ތަންކޮޅަކަށް ފާހަގަވީ އޭނާ ވެއްޓުމުން ދިޔަ އިރުވެސް ލަވައިގެ އަޑުއިވެއެވެ. އަދި ފަހަރަކު ސިޑިއަކުން ވެއްޓެމުން ދިޔައީ ލަވައިގެ މިއުޒިކްގެ ހަމައަށެވެ. ވެއްޓުނުކަމަށް ބެލެވެނީ ތިރިއަށް ނުބަލާ ކެމެރާއަށް ބަލައިގެން ސިޑިން އަރައިގެން ދިޔުމުންނެވެ. އަންހެން މީހާ ވެއްޓޭއަޑަށް ފިރިހެނަކާ ކުޑަކުއްޖަކު އެތަނަށް ދާ މަންޒަރުވެސް ވީޑިއޯއިން ފެނެއެވެ.

އިންޑިޔާގެ މެޑްރާސް ހައި ކޯޓަކުން ވަނީ، ބަރަހަނާ މަންޒަރުތަކަށް ހިތްވަރުދޭކަމަށް ބުނެ، ޓިކްޓޮކް ބަންދު ކުރުމަށް މަރުކަޒީ ސަރުކާރުގައި ވެސް އެދިފައެވެ. ނަމަވެސް ފަހުން ކޯޓުން ވަނީ، ފާޙިޝްކަންކަމަށް ހިތްވަރުދޭ މަންޒަރުތައް ނުހިމެނުމަށް ޝަރުތުކޮށް މި އަމުރު ބާތިލްކޮށްފައެވެ. 800 މިލިއަން މީހުން ބޭނުންކުރާ މި އެޕްލިކޭޝަން، އިންޑިޔާގައި 119 މިލިއަން މީހުން ބޭނުން ކުރެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!