ދުނިޔެ

ލޮކްޑައުން ލުއިކުރިޔަސް ބިރުވެރިކަން އިތުރުވަނީ، އިންޑިޔާގައި 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނަ ބަޔަކު ބަލި ޖެހުނީ މިއަދު

ދެން އެމްވީ ، ދެން އޮންލައިން

24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނަ މީހުން އިންޑިޔާއިން ކޮވިޑް ޖެހިފައިވަނީ މިއަދުކަން ހާމަކޮށްފިއެވެ. މިގޮތުން ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ދުވަހު އިންޑިއާއިން ޖުމްލަ 6776 މީހަކަށް ކޮރޯނާ ވައިރަސް ޖެހިފައިވާކަން ރިޕޯޓުކޮށްފައިވެއެވެ.

Ads by Sosun Fihaara

މިއީ މިހާތަނަށް އެއް ދުވަހެއްގެ މަތިން އިންޑިއާއިން ކޮރޯނާވައިރަސްގެ މިހާގިނަ ކޭސްތައް ރިޕޯޓުކުރި ފުރަތަމަ ފަހަރެވެ. 24 ގަޑިއިރުގެ ތެރޭގައި އިންޑިއާއިން ކޮރޯނާ ވައިރަސް ޖެހިގެން 142 މީހުން ވަނީ މަރުވެފައެވެ.

މުޅި އިންޑިއާއިން މިހާތަނަށް ޖުމްލަ 131،868 މީހުނަށް ކޮރޯނާ ވައިރަސް ޖެހުނުކަން ރިޕޯޓުކޮށްފައިވާއިރު މިއަދަދު ވަރަށް ބޮޑުތަނުން ކުރިއަށް އޮތް މަހެއްހާ ދުވަހުގައި އިތުރުވާނެކަމަށް ބެލެވެއެވެ.މި ޢަދަދު ތަކާއެކު އިންޑިއާއަކީ މިހާރު މުޅި ދުނިޔެެއިން 11 ވަނައަށް އެންމެ ގިނައިން ކޮރޯނާ ވައިރަސް ޖެހިފައިވާ މީހުން ތިބި ގައުމެވެ.

އިންޑިއާއިން ޖުމްލަ 3،868 މީހުން ވަނީ ކޮވިޑް 19 ޖެހިގެން މަރުވެފައެވެ.

ދެމަހާއި ގާތަށް ލޮކްޑައުން ކޮށްފައި ބޭއްވުމަށްފަހު މިހާރު އިންޑިއާގެ އެކި ސްޓޭޓުތަކުން ދަނީ ލުއި ދެމުންނެވެ. މިގޮތުން ބައެއް ސްޓޭޓުތަކުން އަންނަނީ އަލުން ކެފޭ ރެސްޓޯރަންޓު ވެސް އިޖުތިމާއީ ގައިދުރުކަން ބަހައްޓާގޮތަށް ހުޅުވުމަށް ހުއްދަ ދެމުންނެވެ. ރޭލުދަތުރުކުރުން ވެސް އަންނަ ޖޫން މަހުގެ އެއްވަނަ ދުވަހުން ފެށިގެން ހުއްދަދޭނެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!