ތަފާތު ކުރުމެއް ނެތި ކެމްޕޭން ކުރުމުގެ ފުރުޞަތު އިދިކޮޅަށް ފަހިކޮށް ދިނުމަށް ޝަހީމް ގޮވާލައްވައިފި
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ކެމްޕެއިނު ކުރުމުގެ ފުރުސަތު އިދިކޮޅަށް ދިނުމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ގޮވާލައްވައިފިއެވެ.
ޝަހީމް މިހެން ވިދާޅުވެފައި މިވަނީ ހަމަހަމަކަމާއެކު އިދިކޮޅަށް ކެމްޕެއިނު ކުރުމުގެ ފުރުސަތު ނުދޭ ކަމަށާއި އެ ފުރުސަތު ނުދޭނަމަ ކޯޓަށް ދާނެ ކަމަށް އިދިކޮޅުން މިއަދު ބުނެފައި ވަނިކޮށެވެ.
މިކަމާ ގުޅިގެން ޝަހީމް ކުރެއްވި ޓްވީޓުގައި ވަނީ ހަމަހަމަކަމާއެކު މި ފުރުސަތު އިދިކޮޅަށް ފަހިކޮށްދިނުމަށް އެޗްޕީއޭއަށް ގޮވާލާފައެވެ.
“ތަފާތު ކުރުމެއް ނެތި އިންތިޚާބުގެ ކެންޕޭން ކުރުމުގެ ފުރުޞަތު އިދިކޮޅު ފަރާތްތަކަށް ފަހިކޮށް ދެއްވުމަށް އެޗްޕީއޭ އަށް ގޮވާލަން. އެޗްޕީއޭއަކީ ސިޔާސީ ފިކުރުން އެއްކިބާވެފައިވާ ޕްރޮފެޝަނަލް ތަނަކަށް ވާން ޖެހޭ.“ އެޗްޕީއޭ ޓެގް ކުރައްވައި ޝަހީމް ކުރެއްވި ޓްވީޓުގައި ވިދާޅުވިއެވެ.