ވެއްޓުނު ޕާކިސްތާނުގެ ފްލައިޓުން ސަލާމަތްވި އެކަކީ ކުރިން އިންޑިޔާއަށް ނިޞްބަތްވާ މީހެއް
22 މޭ ގައި ޕާކިސްތާނުގެ ލާހޯރުން ކަރާޗީއަށް ދިޔަ ފްލައިޓުން ދަތުރުކުރި 99 މީހުންގެ ތެރެއިން 97 މީހުންގެ މަރުވެ ދެމީހުން ސަލާމަތްވީއިރު، އެތަނުން އެކަކީ އިންޑިޔާ އަށް ކުރިން ނިސްބަތްވި މީހެކެވެ. ބޭންކް އޮފް ޕަންޖާބުގެ ރައީސްގެ މަޤާމުގައި ހުރި ޒަފަރު މަސްއޫދަކީ އުއްތަރު ޕްރަދޭޝްގެ އަމްރޯހާއަށް ނިޞްބަތްވާ، ނަސަބުން މަތި އާއިލާއެއްގެ މީހެކެވެ. އިތުރު އެހެން މީހަކާ މަސްއޫދު ނޫން އެންމެން މަރުވި މި ފްލައިޓުން މަސްއޫދު ސަލާމަތްވި އިރު އޭނާގެ އުނަގަނޑުން ކަށިގަނޑެއް ބިނދި، ކަރުގެ ކަށިގަނޑެއްވެސް ވަނީ ހަލާކުވެފައެވެ.
މަސްއޫދުގެ އާއިލާ ޕާކިސްތާނަށް ބަދަލުވީ 1952 ގައެވެ. މަސްއޫދުގެ ދެބެންގެ ދެދަރި ކުއްޖަކު އައި.އޭ.އެން.އެސް އަށް މައުލޫމާތުދެމުން ހާމަ ކުރި ގޮތުގައި، 2015 ވަނަ އަހަރު މަސްއޫދު އާ ބައްދަލުވި ކަމަށާ، އަމްރޯހާގައި ހުންނަ އެމީހުންގެ މުސްކުޅި ގެއަށް ދާން ބޭނުންވާ ކަން ހާމަކޮށްފައިވެއެވެ. އެކްސިޑެންޓަށް ފަހު، މީހުން ސަލާމަތް ކުރާފަރާތްތަކުން ވަނީ ދާރުލް ސެހަތު ހޮސްޕިޓަލަށް ގެންގޮސްފައެވެ. މަސްއޫދުވަނި ހޮސްޕިޓަލުގައި އޮވެގެން އޭނާގެ މަންމައަށް ގުޅާ އޭނާގެ ހާލު އަންގާފައެވެ.
މަސްއޫދު ފްލައިޓްގައި އިނީ އެންމެ ކުރީ ބަރީގެ 1-ސީ ގައެވެ. ފްލައިޓް ޖައްސަން އުޅުމުގެ ތެރޭގައި ކޮންމެ ވެސް އެއްޗަކުން ޖެހި މަސްއޫދު ހޭނެތުނެވެ. ދެން އޭނާ ހޭ އެރި އިރު އޭނާގެ ވަށައިގެން ތިބި މީހުން " މީނާގެ ފުރާނަ އެބަ ހުއްޓޭ، މީނާ މަރެއް ނުވޭ" ގޮވާ އަޑު އިވުނު ކަމަށް މަސްއޫދު ބުންޏެވެ. ހޮސްޕިޓަލަށް ގެންދިއުމުން ހޮސްޕިޓަލް މުވައްޒަފެއްގެ ފޯނުން އޭނާ ވަނީ އާއިލާ އާ ވާހަކަ ދައްކާފައެވެ. އާއިލާގެ ފަރާތުން ވަނީ މީހުން ސަލާމަތް ކުރުމުގައި ހަރަކާތްތެރި ވި އެންމެނަށް ޝުކުރު އަދާ ކޮށްފައެވެ. ކުދިކުދިވެފައިވާ ބޯޓުގެ ބައިތަކުގެ ތެރެއިން މަސްއޫދު ހޯދުން ލަސްވިނަމަ އޭނާގެ ފުރާނައަށް ނުރައްކާވުން އެއީ ވަރަށް ގާތްކަމެވެ. އެހެންވެ މަސްއޫދުގެ އާއިލާއިން ހާމަ ކުރި ގޮތުގައި މުޅި އާއިލާއިން އޮތީ އެހީތެރިކަން ދިން މީހުނަށް ދަރަނިވެރިވެފައި ކަމަށެވެ.