މުނިފޫހިފިލުވުން

ލޮކްޑައުންގައި އިރޫ އަށް "ވަރަށް މޮޅެތިކޮށް ރިހަރިހަ ކައްކަން" ދަސްވެއްޖެ!

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑްގެ ސަބަބުން މާލެ ސަރަޙައްދު ލޮކްޑައުންކޮށް، ގޭގައި ތިބެން ޖެހުމުން ގިނަ މީހުންނަށް މިވަނީ ވަރަށް ގިނަ ކަންކަން ދަސްވެފައެވެ. ރާއްޖޭގެ ގިނަ ފިލްމީ ފަންނާނުންވެސް އަންނަނީ މިލޮކްޑައުންގެ ބޭނުން ފުރިހަމަ ގޮތުގައި ހިފާ ގިނަ ކަންކަން ދަސްކުރަމުންނެވެ.

Ads by MWSC

އެގޮތުން "ފޯޓީ ޕްލަސް" އިން ކެމެރާ ކުރިމައްޗަށް ތަޢާރަފްވި އިރުފާނާ އިބްރާހިމް (އިރޫ) އަށް ދަސްވީ ވަރަށް މޮޅަށް (މީރުކޮށް) ރިހަ ކައްކަން ކަމަށް އޭނާވަނީ ބައިސްކޯފުން ގެނެސްދޭ "ލޮކްޑް އަޕް ވިތު" އެޕިސޯޑުގައި ބުނެފައެވެ.

"މިހާރު ވަރަށް މޮޅެތިކޮށް ރިހަރިހަ ކައްކަން ހަމަގައިމުވެސް ދަސްވެއްޖެ އިރޫ އަށް. މަންމަ ކައިރިއަށް މިރޯދަމަހު އަބަދު ބަދިގެއަށް ވަދެވަދެ.. ހަމަ ގައިމުވެސް ބުނެވިދާނެ މިލޮކްޑައުންގެ ސަބަބުން އިރޫއަށް ކައްކަން ދަސްވެއްޖޭ" އިރޫ ބުނެފައިވެއެވެ.

މީގެއިތުރުން އިރޫ ބުނީ ލޮކްޑައުންވުމާއި ގުޅިގެން ރޯދަމަހު އެންމެ ގިނައިން ކުރި ކަމަކީ ރޮށި ފިހުން ކަމަށާއި އެގޭގައި ގިނައީ ރޮށިކާ މީހުން ކަމަށްވާތީ އަބަދު ހުންނަނީ ރޮށި ފިހެފިހެ ކަމަށެވެ.

"ފޯޓީ ޕްލަސް" ގައި އިރޫ ދައްކުވައިދިން އެކްޓިންގަށް ގިނަ ބައެއްގެ ތަރުހީބު ލިބުން ކަމުގައިވިޔަސް، އިރޫ ބުނީ އެންމެ ފުރަތަމަ ޝޫޓިންގަށް ދިޔަ ދުވަހު އޭނާ ހުރީ ވަރަށް ބިރުން ކަމަށެވެ.

"ފުރަތަމަ ހުރީ ބިރުން ގޮސް ތުރުތުރު އަޅަ އަޅާ. ޑަޔަލޮގްވެސް ނުކީގެން. ޔޫއްޕެމެން އެންމެންގެ އެހީއާއި އެއްކޮށް އިރޫ އަށް ކިރިޔާވެސް ކުރިއަށް ގެންދެވުނީ. ވަރަށް އުފާވި އެހާ ބޮޑު ކްރޫއަކާ އެކީ ދިޔައިމަ. އެހާ އާ ކުއްޖެއްގެ ފީލް އެއް ނާދޭ. ވަރަށް ފަސޭހަ" އިރޫ ގެ ތަޖުރިބާ ކިޔާ ދެމުން ބުންޏެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!