ޝިފާއަށް ޖާބިރު އާއެކު ޓިކްޓޮކް ކުޅުމުގެ ހުއްދަ އަނބިކަނބަލުން ދެއްވައިފި
ޝިފާއަށް ޖާބިރު އާއެކު ޓިކްޓޮކް ކުޅުމުގެ ހުއްދަ އަނބިކަނބަލުން ދެއްވައިފިއެވެ. ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ އަނބިކަނބަލުން އަދި ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު މިހެން ވިދާޅުވީ ކުރެއްވި ޓްވީޓުގައެވެ.
މި ޓްވީޓުގައި ދިޔާނާ ވަނީ ޝިފާ ޖާބިރު އާއެކީ ޓިކްޓޮކް ކުޅެން ބޭނުންވާ ކަމަށް ބުނި ހަބަރުގެ ސްކްރީންޝޮޓެއް ހިއްސާކޮށްފައެވެ. އަދި "އަސްތާ ތިޔައީ ވަރަށް ފައްކާ ކަމަކަށްވާނެ" މިހެން ދިޔާނާ ލިޔުއްވާފައިވެއެވެ.
ބައިސްކޯފުން ގެެނެސްދޭ "ލޮކްޑް އަޕް ވިތު" ގައި ވާހަކަ ދައްކަމުން ޝިފާ ބުނީ ރާއްޖޭގެ ޝަޚުސިއްޔަތަކާއެކު ޓިކްޓޮކް އެއް ހަދަން ފުރުސަތެއް ލިބިއްޖެނަމަ، ހަދަން ބޭނުމީ ކާށިދޫ ދާއިރާގެ މެމްބަރު އަބަދުﷲ ޖާބިރު އާއެކު ކަމަށެވެ.
"ރާއްޖޭގެ ޝަޚުސިއްޔަތަކާއެކީ ޓިކްޓޮކްއެއް ހަދަން ޗާންސެއް ލިބިއްޖިއްޔާ ހަދަން ބޭނުމީ ޖާބިރު އަކީ، އެފްބީ އެއްޗެހިން ފެންނަ ވީޑިއޯތަކަށް ވެސް ބަލައިފިއްޔާ އިނގޭނެ ވަރަށް މަޖާ މީހެއް. އެހެންވެ ޖާބިރު އާއެކީގައި ހަދަން ބޭނުމީ" ހިނިތުންވުމަކާއެކު ޝިފާ ބުނެފައިވެއެވެ.
ޝިފާއަކީ ފިލްމު "ދެވަންސޫރަ"، "ނިވައިރޯޅި" އަދި "ފޯޓީ ޕްލަސް" ފަދަ ފިލްމުތަކުން ބެލުންތެރިންނަށް ފެނިފައިވާ، އަދި ޓިކްޓޮކް އިންވެސް ވަރަށް މަޝްހޫރު ތަރިއެކެވެ.