ނިއު ނޯމަލް އަކީ މިހާތަނަށް ކުރެވުނު މަސައްކަތް ބޭކާރުވާ ފަދަ ހާލަތަށް ނުހެދުމަށް މުއިއްޒު ގޮވާލައްވައިފި
ނިއު ނޯމަލް އަކީ މިހާތަނަށް ކުރެވުނު ބުރަ މަސައްކަތް ބޭކާރުވެގެންދާ ފަދަ ގޮތަކަށް ބައްޓަން ވެގެންދާ ހާލަތަކަށް ނުހެދުމަށް މާލޭ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ ކެނޑިޑޭޓް އަދި ޕީޕީއެމްގެ ނައިބް ރައީސް ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.
ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް19 އަށް ބޭހެއް އަދި ހޯދިފައި ނުވާއިރު، ބައްޔާއެކު ދިިރިއުޅުމަށް ނިއު ނޯމަލް އަކަށް އެޖަސްޓް ވާންޖެހޭނެ ކަމަށް ސިއްހީ މާހިރުން ދަނީ ވިދާޅުވަމުންނެވެ.
މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފަރުވާ ކުޑަ ކުރުމުން ލިބިދާނެ ގެއްލުން އިންތިހާ އަށް ބޮޑުވެގެން ހިނގައިދާނެ ކަމަށެވެ. އަދި މިކަމުގައި ހުރިހާ އެންމެންގެ ފަރުދީ އަދި ގައުމީ ޒިންމާ އަދާކުރުމަށް ވެސް މުއިއްޒު ވަނީ ގޮވާލައްވާފައެވެ.
"New Normal" akee mihaathanah kurevunu bura masakkai beykaaruvegendhaa fadha gothakah battanvegendhaa haalathakah viyanudhemaatho! Faruvaa kudakurumun libidhaane gellun inthihaa ah boduvegen hingaidhaane. Mikamugai hurihaa emmenge farudhee adhi gaumee zimmaa adhaakuramaatho!
— Dr Mohamed Muizzu (@MMuizzu) May 26, 2020
ހަލުވިކަމާ އެކު ފެތުރެމުންދާ ކޮވިޑް-19 ފެތުރުން ހުއްޓުވޭނެ ނުވަތަ އެބަލިން ރައްކާތެރިވެވޭނެ އެންމެ މޮޅު ގޮތަކީ ގައިދުރުކަން ބަހައްޓައި ގިނަ ގިނައިން އަތް ދޮވުން ކަމަށް ސިއްހީ މާހިރުން އަންނަނީ ކެނޑިނޭޅި ބުނަމުންނެވެ.
މިހާރު މާލެ ތެރޭގައި ކޮމިއުނިޓީ ސްޕްރެޑެއް ފެށިފައިވާއިރު ސިޓީ ކައުންސިލުން މިވަނީ ނިއު ނޯމަލްގައި ރައްޔިތުންގެ ގައިދުރުކޮށްގެން އުޅުމަށް ބާރު އެޅުމުގެ ގޮތުން ފިހާރަތައް ކައިރީގައި މީހުން ތިބޭނެ ދުރުމިން އަންގައިދޭން ފަށާފަ އެވެ.