ޚަބަރު

ސަމާލުވޭ! ވައިރަސް ޖެހިގެން މަރުވާ މީހުންގެ ބޮޑުކަމުދާ ތަކެތީގައި ވެސް ވައިރަސް، ކާތަކެތިން ވެސް ހަށިގަނޑަށް ވައިރަސް ވަދެދާނެ ކަމުގެ ހެއްކެއް

ދެން އެމްވީ ، ދެން އޮންލައިން

ޗައިނާގައި ކުރި ދިރާސާ އެއްގައި ކޮވިޑް19 ޖެހިގެން މަރުވާ މީހުންގެ ބޮޑުކަމުދާ ތަކެތިން ވެސް ދިރުންހުރި ވައިރަސް ފެނިއްޖެއެވެ.

Ads by Sosun Fihaara

އަދި މިއާއެކު މާހިރުން ވަނީ މިއީ ނުރައްކާތެރި ރަނގަބީލެއްގެ ގޮތުގައި ފާހަގަކޮށްފައެވެ. އެގޮތުން މިއީ ކާއެއްޗެއްހިން ހަށިގަނޑުގެ ތެރެއަށް ވައިރަސް ވަދެދާނެ ކަމުގެ ހެއްކެއް ކަމުގައި މާހިރުން ވަނީ ބުނެފައެވެ. އަދި މިކަން ގެންދަނީ އިތުރަށް ތަހުލީލު ކުރަމުންނެވެ.

މިހާތަނަށް އައިރު ބެލެވިފައި އޮތީ ކޮވިޑް19 ފެތުރެނީ ކެއްސާއި ކިނބިހި އެޅުމުގެ ތެރޭގައި ނޭވާލާ ނިޒާމުން އެކަނި ކަަމަށެވެ.

ނަމަވެސް އަލަށް ހޯދުނު މި ހޯދުންތަކުން ޗައިނާގެ ސައިންޓިސްޓުސް ވަނީ ގިނަ އަދަދެއްގެ ބަލި މީހުންގެ ބޮޑުކަމުދާ ތަކެތިން ވައިރަހުގެ ބައިތައް ހޯދާފައެވެ.

ގުއަންޒާއު މެޑިކަލް ޔުނިވާސިޓީ އިން ކުރި މި ދިރާސާގައި ބައެއް މީހުންގެ ނޭވާލާ ނިޒާމުގައި ހުރި ވައިރަހަށް ވުރެ ބޮޑުކަމުދާ ތަކެތިން ފެނުނު ވައިރަހުގެ ބާރުގަދަ ކަމަށް ވަނީ ދައްކާފައެވެ.

ކޮވިޑް19 އަކީ އަލަށް ފެތުރިފައިވާ މުޅިން އައު ވައިރަހަކަށް ވުމާއެކު ތަޖުރިބާކާރުން އަންނަނީ އަދިވެސް މި ވައިރަސް އިތުރަށް ދެނެގަތުމަށް މަސައްކަތް ކުރަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!