ޚަބަރު

ﷲއަށް ހަމްދުހުރި، އިތުރު 77 މީހަކު ކޮވިޑުން ރަނގަޅު ވެއްޖެ

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19 އަށް ފައްސިވި އިތުރު 77 މީހަކު ބަލިން ރަނގަޅު ވެއްޖެއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑްގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ މި 77 މީހުންނާއެކު ރާއްޖެއިން މި ބަލިން ރަނގަޅުވި މީހުންގެ އަދަދު މިހާރު 232 އަށް އަރާފައިވާ ކަމަށެވެ.

މަބްރޫކް ވިދާޅުވީ މިއީ މިހާތަނަށް އެއްދުވަހެއްގައި ރާއްޖެއިން ބަލިން ރަނގަޅުވި މީހުންގެ އަދަދު އެންމެ ބޮޑަށް ފެނުނު ދުވަހުގެ ގޮތުގައިކަމަށެވެ.

ރާއްޖެއިން މިބައްޔަށް ފައްސިވެފައިވާ މީހުންގެ ތެރޭގައި ގިނައީ ބިދޭސީންނެވެ. ނަމަވެސް މިހާތަނަށް މި ބަލިން ރަނގަޅުވެފައިވާ މީހުންގެތެރޭގައި ގިނައީ ދިވެހިންނެވެ.

ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ޢަދަދު މިހާރު ވަނީ 1438 އަށް އަރާފައެވެ. 232 މީހަކު ބަލިން ރަނގަޅުވެފައިވާއިރު، 11 މީހަކަށް އަންނަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. އަދި ފަސް މީހަކު ވަނީ މަރުވެފައެވެ. މަރުވެފައިވާ މީހުންގެ ތެރޭގައި ހިމެނެނީ ތިން ދިވެހިންނާއި ދެ ބިދޭސީ އެކެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!