ޚަބަރު

ދެ އަހަރުން ދަށުގެ ކުޑަކުދިން މާސްކް އެޅުވުން ރައްކާތެރިއެއް ނޫން: ޑރ. އަފްޒަލް

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19 އިން ރައްކާތެރިވުމަށް ދެ އަހަރުން ދަށުގެ ކުޑަކުދިން މާސްކް އެޅުވުން ރައްކާތެރިއެއް ނޫން ކަމަށް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވިދާޅުވީ އުމުރުން ދެ އަހަރުން ދަށުގެ ކުޑަކުދިން މާސްކް އެޅުވުން ރައްކާތެރި ނޫބް ސަބަބަކީ އެވަރުގެ ކުދިންނަށް މާސްކް ނައްޓާލަން ބޭނުންވާ ވަގުތު ނައްޓާލަން ނޭނގިދާނެތީ ކަމަށެވެ.

އަފްޒަލް ވިދާޅުވީ ދެ އަހަރުން ދަށުގެ ކުދިން ކޮވިޑުން ސަލާމަތްް ކުރަން އެހެން މީހުން މާސްކު އެޅުން މުހިންމު ކަމަށެވެ.

ޑރ. އަފްޒަލް ވަނީ މާސްކު އަޅާނެ ރަނގަޅު ގޮތް އަނެއްކާ ވެސް ކިޔައި ދެއްވާފައެވެ. އެގޮތުން ފޭސް މާސްކްތައް ހުންނަން ވާނީ ނޭފަތާއި އަނގަމަތި ރަނގަޅަށް ކަވަރުކުރެވިފައި ކަމަށާއި މާސްކްގައި މަދުވެގެން ދެ ލޭޔަރު ނުވަތަ ތިން ލޭޔަރު ހުންނަން ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"މާސްކް އަޅައިގެން ހުންނަ އިރު ފަސޭހައިން ނޭވާ ލެވެން ވެސް ޖެހޭނެ. މާސްކް ހަދައިފައި ހުންނަ ފޮއްޗަކީ އެކަށީގެންވާ ފޮއްޗަކަށް ވާން ޖެހޭނެ. އެކަމަކު މާސްކް އެޅިޔަސް އޭގެ މާނައަކީ އަތްދޮވުމާއި ގައި ދުރުކަން ބެއްޓުން އެއީ މުހިންމު ކަމެއް." ޑރ. އަފްޒަލް ވިދާޅުވިއެވެ.

ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ޢަދަދު މިހާރު ވަނީ 1438 އަށް އަރާފައެވެ. އޭގެ ތެރެއިން 232 މީހަކު ބަލިން ރަނގަޅުވެފައިވާއިރު، 11 މީހަކަށް އަންނަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. އަދި ފަސް މީހަކު ވަނީ ނިޔާވެފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!