ޚަބަރު

ޑަބްލިއުއެޗްއޯ އިން އިތުރު 5000 ޓެސްޓް ކިޓް ހަދިޔާ ކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް، އިތުރު 5000 ޓެސްޓް ކިޓް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ހަދިޔާ ކޮށްފިއެވެ،

Ads by Sosun Fihaara

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެންއީއޯސީގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ޑަބްލިއުއެޗްއޯ އިން ފޯރުކޮށްދިން ޓެސްޓު ކިޓުތައް މިހާރު އައިޖީއެމްއެޗް ހޮސްޕިޓަލާއި ހަވާލުކޮށްފައިވާ ކަމަށެވެ.

ޑަބްލިއުއެޗްއޯ އިން މިހާތަނަށް ވަނީ ރާއްޖެ އަށް ވަނީ 20،000 އަށް ވުރެ ގިނަ ޓެސްޓު ކިޓް ހަދިޔާކޮށްފައެވެ.

ރާއްޖެއިން ކޮވިޑް-19 ބައްޔާއި ދެކޮޅަކަށް ކުރަމުންދާ މަސައްކަތްތަކަށް ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިން އެކިގޮތްގޮތުން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

މިގޮތުން ފަންނީ އެހީތެރިކަމުގެ އިތުރަށް، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި މިބައްޔަށް ޓެސްޓުކުރުމުގެ އިންތިޒާމްތައް ހަމަޖެއްސުމަށް ވާންޖެހޭ އެހީތެރިކަމާއި، އެކިކަހަލަ އާލާތްތައް ހޯދުމާއި އެހެން ޖަމާޢަތްތަކުގެ އެހީ ރާއްޖެއަށް ހޯދުމުގައިވެސް އެޖަމިއްޔާއިންދަނީ މުހިންމު ދައުރެއް އަދާކުރަމުންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!