ލައިފްސްޓައިލް

ރެސިޕީ: ކްރީމީ ޗޮކްލެޓް ޕުޑިން

ދެން އެމްވީ ، ދެން އޮންލައިން

ބޭނުންވާ ތަކެތި:

1 ޕެކެޓް ފުލްކުރީމް މިލްކް

Ads by STELCO

1 ބޮޑު ޗޮކްލެޓް ( ގާނާފައި )

2 ސައި ސަމުސާ ބަޓަރު

2 މޭޒުމަތީ ސަމުސާ ކޯންފުލާ

1 ޕެކެޓް މާރީ ބިސްކޯދު

1 ދަޅު ގެރިކިރު

2 ބިސް

ތައްޔާރުކުރާނެގޮތް:

މިކްސަރަށް ގެރިކިރު ދަޅު، ބިސް، ބަޓަރު އަދި ކޯންފުލާ އަޅާ ރަނގަޅަށް ގިރާލާށެވެ. އެއަށްފަހު ތެއްޔަކަށް ފުލްކުރީމް މިލްކް ޕެކެޓް އަޅާލުމަށްފަހު މަޑުގިނީގައި ބަހައްޓައިގެން ހޫނުވުމުން ކުރިން މިކްސަރުގައި ގިރާލިބައި މަދު މަދުން އެއްކުރަމުން ރަނގަޅަށް އެއްކޮށްލާށެވެ. ބޭނުންވާ ވަރަށް އޮލަވުމުން އުނދުންމަތިން ބޭލުމަށްފަހު އެއިން އެއްބައި ޓްރޭއަކަށް އަޅާލާށެވެ. އެއަށްފަހު މާރީ ބިސްކޯދު ލޭއާރއެއް އަތުރާލާށެވެ. ދެން އަނެއްކާވެސް ބިސްކޯދު ލޭޔާރ މައްޗަށް ބާކީހުރި ކުރީމް ކޮޅު އަޅާލުމަށްފަހު ގާނާފައި ހުރި ޗޮކުލެޓް ކޮޅުމައްޗަށް އަޅާލާށެވެ. ހިހޫވުމުން ފުރިޖަށްލާ 1 ގަޑި އިރު ބެހެއްޓުމަށްފަހު ނަގާށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!