ކުޅިވަރު

ޖޫން 11 ގައި ލަ ލީގާ ފަށަނީ

ދެން އެމްވީ ، ދެން އޮންލައިން

ކޮރޯނާ ވައިރަސް އާ ގުޅިގެން ލީގް މެދުކަނޑާލިތާ ތިން މަސް ފަހުން އަންނަ ޖޫން މަހުގެ 11 ގައިި ސްޕެނިޝް ލީގް ލަ ލީގާ ފަށަން ނިންމައިފިއެވެ.

Ads by STELCO

ލަ ލީގާ އަލުން ފަށަން ހަމަޖެހިފައިވަނީ ސެވިއްޔާ އެފްސީ އާއި ކުލަބު ރެއާލް ބެޓިސް ދެ ޓީމުގެ މެޗަކުންނެވެ.

މިދިޔަ ހުކުރު ދުވަހު ސްޕެއިންގެ ބޮޑު ވަޒީރު ޕެޑްރޯ ސަންޗޭޒްވަނީ އަންނަ މަހުގެ އަށް ވަނަ ދުވަހު ފެށިގެން ލަލީގާ ކުރިއަށް ގެންދިއުމުގެ ހުއްދަ ދީފައެވެ. ލަލީގާއިން ފުރަތަމަ ރޭވީ 12 ވަނަ ދުވަހު ލީގް ފަށާ ގޮތަށެވެ. އެއީ ކޮވިޑް-19 އާ ގުޅިގެން ލަލީގާގެ ކުޅުން މެދުކަނޑާލިތާ ތިން މަސް ފުރޭ ދުވަހެވެ.

ލަ ލީގާ މި ސީޒަން ގެ ހުރިހާ މެޗެއް ވެސް ކުޅޭނީ ސަޕޯޓަރުން ނުވައްދައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!