ޚަބަރު

އިއްޒުއްދީން ސްކޫލުގެ ދަރިވަރުން ގެއަށް ދާނީ މެންދުރު ނަމާދުކޮށް ކައިގެން

ދެން އެމްވީ ، ދެން އޮންލައިން

މާލޭގައި މިއަދު އަލަށް ހުޅުވި އިއްޒުއްދީން ސްކޫލްގެ ކުދިން އަނބުރާ ގެއަށް ދާނީ ސްކޫލްގައި ނަމާދުކޮށް މެންދުރުގެ ކައިވެސް ނިންމާފައި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

Ads by Sosun Fihaara

ކުރީގެ އެމްއީއެސް އިމާރާތުގައި ސްކޫލު ހުޅުއްވައިދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވީ އިއްޒުއްދީން ސްކޫލަކީ އެތައް ގޮތަކުން ގަދަރު އުފުލިގެންދާނެ ސްކޫލަކަށް ވާނެ ކަމަށެވެ. އަދި އެއީ ސަރުކާރުގެ ވައުދުގެ ތެރޭގައި ހިމެނޭ އެއްދަންފަޅި އަށް ސްކޫލުތައް ބަދަލުކުރުމުގައި އާ ފެށުމަކަށް ވާނެ ކަމަށް ވިދާޅުވި އެވެ.

އިއްޒުއްދީން ސްކޫލްއަކީ އެއްދަންފަޅިއަށް ކިޔަވައިދޭގޮތަށް މާލޭގައި ހުޅުވި ފުރަތަމަ ސްކޫލްވެސް މެއެވެ.

"މި ނިޒާމު ތަންފީޒުވާއިރު، ބެލެނިވެރިޔާ އޮފީހަށް ދާނީ، 7:40 އަށް ދަރިފުޅު ގެންގޮސް ސްކޫލަށް ލައިފައި. ސްކޫލުގައި ދަރިވަރުގެ ދުވަސް ފަށާނީ ހެނދުނުގެ ނާސްތާއިން. އެސެމްބްލީއަށްފަހު އޮންނާނީ ކިޔެވުން. މެންދުރު ނަމާދު ވަގުތު ޖެހުމުން، ސްކޫލްގައި ނަމާދުކޮށް، މެންދުރުގެ ކެއުން އޮންނާނެ. ބެލެނިވެރިޔާ އޮފީސް ނިމިގެން ގެޔަށް ދާނީ، ހެނދުނު ސްކޫލަށް ލީ ދަރިފުޅު ގޮވައިގެން،" ރައީސް ވިދާޅުވި އެވެ.

ރައީސް މިއަދު ވިދާޅުވީ، މެންދުރުފަހު އޮފީސް ނިންމާލާފައި ދަރިވަރުން ބަލާ އަންނައިރު ހުންނާނީ އިތުރު ހަރަކާތްތަކާއި ކުޅިވަރު ވެސް ނިންމާލާފައި ކަމަށާއި އޭރުން ސްކޫލަށް ދެން އިތުރަށް ދާން ނުޖެހޭނެ ކަމަށެވެ.

ގްރޭޑް އެކަކުން ފެށިގެން ހަޔަކަށް ފެށި އެ ސްކޫލްގައި މިވަގުތު 209 ދަރިވަރުން ވަނީ ރަޖިސްޓްރީ ކޮށްފަ އެވެ.

ސަރުކާރުގެ 212 ސްކޫލުގައި މިދިޔަ އަހަރުން ފެށިގެން އަންނަނީ ނާސްތާ ދެމުންނެވެ. އޭގެ ތެރެއިން 150 ސްކޫލެއްގައި އެއްދަންފަޅިއަށް ކިޔަވައިދެ އެވެ. ނަމަވެސް އެއިން އެއްވެސް ސްކޫލެއްގައި މެންދުރުގެ ކެއުމެއް ނުދެ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!