މުނިފޫހިފިލުވުން

ޝަރާ އެންމެ ރުޅިއަންނަ މީހާގެ ނަމުގަ "އެޗް، ޔޫ، އެން" ހިމެނޭ! އެއީ އަނެއްކާ ކާކުބާ؟

ދެން އެމްވީ ، ދެން އޮންލައިން

އާދައިގެ މަތިން ބައިސްކޯފުން ދައްކާ "ލޮކްޑް އަޕް ވިތު" ބަލާލީމެވެ. މިފަހަރު އަޅުގަނޑު ބަލާލަން ގަސްދުކުރީ ޓިކްޓޮކް ކުޅެގެން މަޝްހޫރުކަން ހޯދި ފާތިމަތު ޝަރާ ގެ އެޕިސޯޑެވެ.

Ads by STELCO

ވެބްސީރީޒް "އެހެނަސް" އިން ދިވެހި ސިނަމާގައި ވެސް މިހާރު ފައިތިލަ ސާބިތު ކޮށްފައިވާ ޝަރާ، އެއެޕިސޯޑުގައި ޖުމްލަ ގޮތެއްގައި ދައްކާފައިވަނީ ވަރަށް ރަނގަޅު ވާހަކައެވެ.

ދިރިއުޅުމުގައި އެންމެ އިސްކަންދޭ މޮޓޯއަކީ، އޭނާގެ މަންމައަށް އެއްވެސް ކަމެއް އޮޅުވާނުލުން ކަމަށް ވެސް ބުންޏެވެ. ވަރަށް ރަނގަޅެވެ. ތިޔައީ ހަމަ ކޮންމެ މަޔަކުވެސް އެމީހުންގެ ދަރިންގެ ކިބައިން އެދޭނެ ވަރަށް ބޮޑު އެއް ކަންތަކެވެ.

ޝަރާ އެންމެ ލޯބިވާ މީހުންގެ ނަން ފެށޭ އަކުރުތަކަށް ބުނީ "އެސް" އާއި "އޭ" އެވެ. މައްސަލައެއް ނެތެވެ. އަމިއްލަ މީހާއާއި ގާތް އެހެން މީހެއްގެ ވާހަކައަކަށް ވެސް ވެދާނެއެވެ.

ނަމަވެސް އެންމެ ރުޅިއަންނަ މީހާގެ ނަމުގައި "އެޗް" އަކުރާއި، "ޔޫ" އަކުރާއި، "އެން" އަކުރު ހިމެނޭކަމަށް ބުނުމުން ވިސްނާލެވުނެވެ. އަނެއްކާ އެއީ ކާކު ބާއެވެ. އެމީހެއްދެކެ އެހާ ރުޅި އަންނަނީ ކީއްވެބާއެވެ.

ކޮންމެހެނަކަސް އެއަކުރުތައް ހިމެނިގެންވާ ނަމެއް ހިމެނޭ ފަރާތެެއް މިހާރު ފިލްމީ ދާއިރާގައިވެސް އުޅޭކަން ފާހަގަ ވެއެވެ. ނަމަވެސް ހަމައެކަނި އެންމެ ތިން އަކުރު ހާމަވުމުން، އެއީ ހަމަ އެމީހާއޭ ބުނަން ދައްޗެވެ.

އެހެން ތަރިންނެކޭ އެއްފަދައިން ޝަރާ ވެސް ވަނީ ލޮކްޑައުންގައި އޭނަގެ ތަޖުރިބާ ކުރެވުނު ކަމެއް ހިއްސާ ކޮށްފައެވެ.

"ލޮކްޑައުންގަ ހީނުކުރާ ކަމަކަށް އެންމެ މިސްވި ކަމަކީ... އަނެއްހެން މިސްވި ކަމެއް ނޫން އެކަމަކު ބައިވަރު ކަންތައްތަކެއް ރިއަލައިޒްވި. ކުރިން ހަމަ ބޭރުތެރޭގަ އުޅޭނީ. ރީތި ވެލައިގެން ހަމަ ބޭރުގަ އުޅެވެނީ. ކުރިއަކުން ނޭނގޭ ގޭގަ އޮވެލާ ވިސްނާލާ، އިންސްޓާ ފޭސްބުކް ހާވާލާ ރިޕްލައީ ނުކޮށް ހުރި މީހުންނާ ވާހަކަ ދައްކާލާ، އެއީ އަސްލު ކިހާ މުހިންމު ކަމެއްކަން ނޭނގޭ ކުރިއަކުން. އެކިކަހަލަ މީހުން ކިޔާފަ ހުރި އެއްޗިސް ބަލާލާ.. ވަރަށް ފަން ކަމެއް އަސްލު. ކުރިއަކުން ނޭނގޭ އެކަމެއް. ވަރަށް ބޮޑަށް ޝަރާ ބަލާލިން މިފަހަރު މެސެޖުތަކަށް. ބެލުން ވަރަކަށް ބަލާލިން. ދެން ގޭގަ އޮވެގެން ކަންތައްތަކާއި ވިސްނާލާ މަންމަ މެންނަށް ގުޅާލާ ވާހަކަ ދައްކާލާ، އަސްލު ވަރަށް ޕްރެޝަސް ޓައިމް އެއީ" ޝަރާ ބުނެފައިވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!