ޚަބަރު

ލޮކްޑައުންއަށް ލުއި ދިނަސް މާލެ ސަރަހައްދުގެ މިސްކިތްތައް އަދިވެސް ބަންދުވާނެ!

ދެން އެމްވީ ، ދެން އޮންލައިން

ލޮކްޑައުންއަށް ލުއި ދިން ނަމަވެސް މާލެ ސަރަހައްދުގެ މިސްކިތްތައް އަދިވެސް ބަންދުވާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމީން ވިދާޅުވީ ލޮކްޑައުންގެ ފުރަތަމަ ފިޔަވަހީގައި ސްކޫލްތަކާއި އޮފީސްތަކާއި މިސްކިތްތައް އަދިވެސް ހުންނާނީ ބަންދުކޮށްފައި ކަމަށެވެ.

މާލެ ސަރަހައްދުގެ މިސްކިތްތައް ބަންދުކޮށްފައިވީ ނަމަވެސް ލޮކްޑައުންގެ ހާލަތުގައި ނެތް ރަށްތަކުގެ މިސްކިތްތައް ހުޅުވަން ސަރުކާރުން މިހާރު ވަނީ ދީފައެވެ. ނަމަވެސް މޮނީޓަރިންގެ ޙާލަތުން ދޫކޮށްލާތާ 14 (ސާދަ) ދުވަސް ނުވާނަމަ، އެ ރަށެއްގެ މިސްކިތްތަކުގައި ޖަމާޢަތް ނުހެދުމަށް ވަނީ އަންގާފައެވެ.

އެ އުސޫލުތަކުގެ ތެރެއިން މިހާތަނަށް ޖަމާއަތް ހަދައިގެން ނަމާދު ކުރުން މަނާކޮށްފައިވަނީ ހަތް ރަށެއްގައެވެ.

އެގޮތުން ޖަމާޢަތުގައި ނަމާދުކުރުން މަނާކޮށްފައިވާ ހަތް ރަށަކީ މިވަގުތު މޮނީޓަރުންގެ ހާލަތުގައިވާ މާލެ ސިޓީއާއި ށ.ނަރުދޫ އާއި ނ.މަނަދޫގެ އިތުރުން މޮނިޓަރިންގެ ހާލަތު އުވާލުމަށްފަހު 14 ދުވަސް ފުރިހަމަނުވާ ކ.ހިންމަފުއްޓާއި ކ ތުލުސްދޫއާއި ހއ.ތަކަންދޫގެ އިތުރުން ށ.މިލަންދޫ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!