Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ދުނިޔެ

ރަޝިއާގެ ކޮވިޑް ތަރުޖަމާނު ބުނަނީ ކޮވިޑް އެހާ ނުރައްކާތެރި ނޫން ކަމަށް، އަދި މަރުވާން ހުރި މީހަކު މަރުވާނެ ކަމަށް

ކޮވިޑް19 އަކީ އެހާ ނުރައްކާތެރި ބައްޔެއް ނޫން ކަމަށާއި މަރުވާން ހުރި މީހަކު މަރުވާނެ ކަމަށް ރަޝިއާގެ ކޮވިޑް19 އަށް ކަނޑައަޅާފައި ހުންނަ ތަރުޖަމާނު އެލެކްސެންޑްރާ މިޔަސްނިކޮވް ބުނެފިއެވެ.

އޭނާ މިހެން ބުނެފައިވަނީ ރަޝިއާ ގައި ކޮވިޑް19 ގެ ކޭސް ތައް އެންމެ ގިނަ ވި ދުވަހުގެ ފަހު ދުވަހު ކަން ވެސް ފާހަގަކޮށްލަން ޖެހެއެވެ.

އެގޮތުން އޭނާ ވަނީ ކޮވިޑް19 އަކީ އާދައިގެ ނޭވާލާ ނިޒާމަށް ޖެހޭ ބައްޔެއް ކަމަށް ބުނެފައެވެ. އަދި މި ބަލި ޖެހިގެން މަރުވާ މީހުންގެ އަދަދު ވެސް މަދުކަން އޭނާ ފާހަގަކޮށްފައިވެއެވެ.

Advertisement
Ooredoo — Square (box)

އޭނާގެ ވާހަކައިގައި ކޮވިޑް19 ގެ ސަބަބުން ދުނިޔެ ހުއްޓުމަކަށް އައިސްފައި މިއޮތީ ކީއްވެ ކަން ބުނަން ނޭނގޭ ކަމަށް ބުނެފައިވެއެވެ.

އޭނާ ގެ މި ވާހަކަތަކާއެކު ގިނަ ބަޔަކު އަންނަނީ އޭނާއަށް ފާޑުކިޔަމުންނެވެ. އަދި މިފަދަ ދަނޑިވަޅެއްގައި އޭނާ އެފަދަ މަތީ މަގާމަކަށް ހަމަޖައްސާފައިވާތީ ރަޝިއާ ސަރުކާރަށް ވެސް ގިނަ ބަޔަކު ވަނީ ފާޑުކިޔާފައެވެ.

ރަޝިއާ އަކީ ކޮވިޑް19 ގެ އަސަރު ތިިން ވަނައަށް އެންމެ ބޮޑަށް ކޮށްފައިވާ ގައުމެވެ. އެގައުމުން މިހާތަނަށް 379,051 މީހަކަށް ވައިރަސް ޖެހި 4 ހާހަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް