ޚަބަރު

ކަންނެލި ގަނެވޭނެ އެންމެ ދަށް އަގު މިމަހުގެ ތެރޭ އިއުލާނުކުރަނީ

ރައުފާ ރަޝީދު ، ދެން އޮންލައިން

ކަންނެލި ގަނެވޭނެ އެންމެ ދަށް އަގު މިމަހުގެ ތެރޭގައި އިއުލާނު ކުރާނެ ކަމަށް ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ޒަހާ މިހެން ވިދާޅުވެފައި ވަނީ ރާއްޖެ ޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ. ޒަހާ ވިދާޅުވީ ކަންނެލި ގަނެވޭނެ އެންމެ ދަށް އަގު މިމަހުގެ ތެރޭގައި އިއުލާނު ކުރެވިގެން ދާނެ ކަމަށެވެ. ނަމަވެސް ކަންނެލި ބޭރު ކުރާއިރު ނަގާ ޓެކުހަށް 2023 ވަނަ އަހަރުގެ ކުރިން ބަދަލެއް ނުގެނެވޭނެ ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ކަންނެލި ގަނެވޭނެ އެންމެ ދަށް އަގު ކަނޑައެޅުމަށް ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށާއި އަންނަ އަހަރު ފެށެން ވާއިރަށް ކަންނެލި ގަނެވޭނެ އެންމެ ދަށް އަގު ނުވަތަ "ފްލޯ ޕްރައިޒް" އިއުލާން ކުރެވިގެންދާނެ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކަންނެލީގެ ފްލޯ ޕްރައިޒެއް އިއުލާން ކުރެވިގެންދާނެ. އަޅުގަނޑު ދަންނަވާނީ މިއަންނަ އަހަރު ފެށެންވާއިރަށް ފްލޯ ޕްރައިޒް އިއުލާން ކުރެވިގެންދާނެ،" މިނިސްޓަރު ވިދާޅުވިއެވެ.

ކަންނެލީގެ އެންމެ ބޮޑު މާކެޓަކީ ޔޫރަޕް ކަމަށާއި ނަމަވެސް ކޮވިޑާ ގުޅިގެން ދަތުރުފަތުރުކުރުމުގައި ހުރި ގޮންޖެހުންތަކާއެކު ބޭރުގެ މާކެޓުތަކަށް ކަންނެލި ވިއްކުމުގައި ދަތިތަކެއް އެބަހުރި ކަމަށް ވެސް ޒަހާ ވިދާޅުވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!