ޚަބަރު

ޖެނުއަރީމަހުގެ 15 އިން ފެށިގެން މާލެއިން ކުނި ނަގާނީ ރޭގަނޑު

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

އަންނަ މަހުގެ 15 އިން ފެށިގެން މާލެ ސަރަހައްދުގެ ގޭގެ އިން ކުނި ނަގާ ގަޑި ރޭގަނޑަށް ބަދަލުކުރަން ވެމްކޯއިން ނިންމައިފިއެވެ.

Ads by STELCO

މި ބަދަލު އާންމު ކުރުމަށް ވެމްކޯއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް މުހައްމަދު ވިދާޅުވީ ރޭގަނޑު ކުނި ނަގަން ފަށާނީ 10:00ގައި ކަމަށެވެ.

އަދި މިގޮތަށް ބަދަލު ގެންނަން ނިންމީ ސްކޫލުތައް ހުޅުވި، މަގުމަތީގެ ކާރުބާރު ބޮޑު ވަގުތުތަކުގައި ކުނި އުފުލުމުގެ ސަބަބުން އާންމުންނަށް ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރޭގަނޑު ހޭލައި ތިބެ މުވައްޒަފުން ކުނި އުފުލަން އުނދަގޫވި ނަމަވެސް މިގޮތަށް ނިންމީ އާންމު ރައްޔިތުންގެ ފަސޭހައަކަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކޮވިޑް-19 ގެ ހާލަތާ ގުޅިގެން ވެމްކޯ އިން މިހާރު މާލެ ސަރަޙައްދުގެ ގޭބިސީތަކުން ކުނި ނަގަމުން ގެންދަނީ މެންދުރު 12:00 އިން 2:00 އަށެވެ. ނަމަވެސް ކުނި ބަހައްޓަން ޖެހެނީ ތިރިއަށް ބާލުވާފައި، މަގުމަތީގައި ނުވަތަ ކުނި އަޅަން ވެމްކޯއިން އެވަގުތާ ދިމާކޮށް ގެނެސްފައިވާ ކޮންޓެއިނަރުގައެވެ.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!