ޚަބަރު

އަލަމިން މިއާ ހޯދުމަށް ފުލުހުން ރައްޔިތުންގެ އެހީތެރިކަމަށް އެދިއްޖެ

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

ބ. އޭދަފުށި ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މާރާމާރީގެ މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ

Ads by STELCO

މިމައްސަލައާ ގުޅިގެން ހޯދަމުންދަނީ ބަންގްލަދޭޝް ރައްޔިތެއްކަމަށްވާ އަލަމިން މިއާ (40އ)، ޕާސްޕޯޓް ނަންބަރު BY0942817 އެވެ.

ފުލުހުން ވިދާޅުވީ، އަލަމިން މިއާ އާބެހޭ އެއްވެސް މައުލޫމާތެއް އެނގިލައްވާ ފަރާތެއްވާނަމަ ބ. އޭދަފުށި ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9791674 އަށް ގުޅުއްވައި ހިއްސާ ކުރެއްވުމަށެވެ.

އަދި މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މި ފުރުސަތުގައި ފާހަގަކޮށް ޝުކުރު ދަންނަވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!